މީހުންޒުވާނުން

ޝާނާ ބުނަނީ އަދި ފިލްމެއް ނުކުޅެވޭނެ ކަމަށް

04/06/2021

Admin

ޓިކްޓޮކް ތަރި އާމިނަތު ޝާނާ ސަޢީދު


ޝެއަރ

ކުޑައިރުއްސުރެ ނަށަން ފޯރި ހުންނަ އާމިނަތު ޝާނާ ސަޢީދު ޓިކްޓޮކް ކުޅެން ފެށީ މަޖަލަކަށެވެ. ދަރިފުޅާއެކު ފުރަތަމަ ފެނިލުމުންވެސް ޝާނާގެ ހުނަރު ފެނިގެން ދިޔައެވެ. 2016 ވަނަ އަހަރު ޓިކްޓޮކްގެ ދުނިޔެއަށް ތަޢާރަފުވި ޝާނާއަކީ މިހާރު ގިނަ ބަޔަކު ދަންނަ މޫނެކެވެ. އޭނާގެ ޓިކްޓޮކުން ފެނިގެންދާ ފަރި ނެށުމުގެ ހަރަކާތްތައް ގިނަ ބަޔަކު ބަލާ ކޮމެންޓުވެސް ކުރެއެވެ.

"އަސްލު މަޖަލަކަށް ޓިކްޓޮކް ކުޅެން ފެށީ. އޭރު ދެން އެއީ މިއުޒިކަލީ. ފުރަތަމަ އިންނާނީ ވެސް ބެއިބީ(ދަރިފުޅު)އާ އެއްކޮށް ކުޅުނު ޓިކްޓޮކެއް" ޝާނާ ސުކުން އަށް ދިން އިންޓަވިއުގައި ކިޔައިދިނެވެ.

މިހާރު 30 ހާހަށްވުރެ ގިނަ ފޮލޯވަރުން ތިބި ޝާނާ ޓިކްޓޮކްގައި ދައްކަމުންދާ ހުނަރުގެ ސަބަބުން އޭނާއަށް ގިނަ ފުރުސަތުތަކެއް ލިބެއެވެ. މިހާރުވެސް ޑްރާމާތަކާއި އިޝްތިހާރު ތަކުން ފުރުސަތު ލިބި އެ މަސައްކަތް ދަނީ ކުރަމުންނެވެ. ޑްރާމާއާއި ލަވަ އަދި އިޝްތިހާރުތަކުގެ މަސައްކަތް ބާރާށް ކުރަމުންދާއިރު، ފިލްމު ކުޅޭކަށް އަދި ޝާނާ ނުވިސްނައެެވެ.

"ނޫން، ފިލްމު ކުޅޭކަށް އަދި ނުވިސްނަން. ފިލްމެއް އަދި ނުކުޅެވޭނެ. ބޮޑަށް ޑްރާމާ އާއި ލަވަ ކަހަލަ އެއްޗިހި އަދި ކުޅެވޭނީ. މިހާރުވެސް ޑްރާމާ އަދި އިސްތިހާރުވެސް ޕެންޑިންގަވެސް އެބަހުރި" ޝާނާ ކިޔައިދިނެވެ.

ޝާނާ ސުކުން އަށް ދިން އިންޓަވިއުގައި، އޭނާގެ ޕާރސަނަލް ބައެއް ކަންކަންވެސް ކިޔައި ދިނެވެ. އޭނާ ބުނީ ޕާރސަނަލް ލައިފް ދަނީ ވަރަށް ރަނގަޅަށް ކަމަށާއި މިހާރު އެންމެ ބޭނުންވަނީ ސްޓޭބަލް ޖޮބެއް އަދާކުރަމުން ދަރިފުޅާއެކު އުޅެން ކަމަށެވެ.

ހިޔާލު


ގުޅުންހުރި