ރާއްޖެއިދިކޮޅު

ރައީސް ޔާމީން މާލެ ގެނެސްފި

18/04/2021

Admin


ޝެއަރ

މަނީ ލޯންޑަރކުރުމުގެ ކުއްސާބިތުވެ، ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުއްﷲ ޔާމީން މިއަދު މާލެ ގެނެސްފިއެވެ.

އެނގިފައިވާ ގޮތުގައި އެމަނިކުފާނު މިވަގުތު ހުންނެވީ ފުލުހުންގެ އިދާރާގައެވެ. މާލެ ގެނައިކަން ކަރެކްޝަންސް އިން ކަށަވަރުކޮށް ދިންނަމަވެސް އިތުރު ތަފުސީލެއް ނުދެއެވެ.

އެމަނިކުފާނު މާލެ ގެނެސްފައި މިވަނީ ރާއީސް ޔާމީންގެ މައްޗަށް އިތުރު ތަހުގީގެއް ހިންގުމަށް އުޅޭކަމަށް ބުނެ އެމަނިކުފާނު ވަކީލުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.

އަދި ރަމަޟާން މަހާ ދިމާކޮށް، ގެއަށް ބަދަލުކޮށް ދިނުމަށް އެދި ޢާއިލާއިންވެސް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް އެންމެ ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ރައީސް ޔާމީން ގެއަށް ބަދަލުކުރުމަށް އެދިފައިވާތީ އެކަމާ މެދު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ހިޔާލު


ގުޅުންހުރި