ރާއްޖެސަރުކާރު

މަސް ދޯނި ތަކުގައި ބިދޭސީން ގެންގުޅުމުގެ ހުއްދަ ދީފި

19/04/2021

Admin


ޝެއަރ

ރާއްޖޭގެ މަސް ދޯނިތަކުގައި ބިދޭސީން ގެންގުޅުމުގެ ހުއްދަ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްިއން ދީފިއެވެ.

ހުއްދަ ދިނީ މަސް ދޯނިތަކުގެ ބައެއް މަސައްކަތް ކުރަން ދިވެހިން ނުލިބުމުގެ ދަތިކަން ހުރިކަމަށް އޮޑިވެރިން ފާހަގަކޮށް އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. އަދި ރާއްޖޭގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ބިދޭސީން މަސްވެރިކަން ކުރަމުންދާތީ އާއި އެކަމުގެ ކަންބޮޑުވުން ބެރުގެ ބައެއް ފަރާތްތަކުން ހާމަކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ހުއްދަ ދޫކުރުމަށް ހަމަޖައްސާފައިވަނީ އެކްސްޕޯޓު ކުރުމަށް ދޮށީގެ މަސްވެރިކަމާއި ކަންނެލި މަސްވެރިކަން ކުރާ ދޯނި ފަހަރުގެ ބައެއް މަސައްކަތް ކުރުމަށް ހުށަހަޅާ ފަރާތްތަކަށެވެ. އެގޮތުން ކެއްކުމާއި ފޮޅާ ސާފުކުރުމުގެ މަސައްކަތް ކުރުމަށް ބިދޭސީން ގެންގުޅެވިދާނެއެވެ.

އެގޮތުން، ޤާނޫނު ނަންބަރު: 14/2010، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހަދާފައިވާ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު (ގަވާއިދު ނަންބަރު: 75-R/2020)ގެ 13 ވަނަ މާއްދާގެ ދަށުން މަސްވެރިކަންކުރާ އުޅަނދުފަހަރުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ކަނޑައަޅާފައިވާ އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން އެއުޅަނދެއްގައި މަސައްކަތްކުރުމަށް ހޯދާ ވޯކްޕާމިޓެއްގެ ދަށުން، ދެ ބިދޭސީންނަށް ހަރަކާތްތެރިވުމުގެ ފުރުޞަތު ލިބޭނެއެވެ.

އަދި މަސްވެރިކަމުގެ އާންމު ގަވާއިދަށާއި ވަކިވަކި މަސްވެރިކަމާއި ގުޅޭގޮތުން އާންމުކޮށްފައިވާ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތަކުގެ ދަށުން އަދި ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު (66-R/2020)ގެ ދަށުން 2 (ބިދޭސީން ވަޒީފާއަށް ހުށަހެޅުމުގެ ކޯޓާ ދޫކުރުމާބެހޭ އުޞޫލު)ގެ ދަށުން މަސްވެރި ކޮންމެ އުޅަނދެއްގައި ބިދޭސީންނަށް ޙަރަކާތްތެރިވެވޭނެ ހަމަތައް ވަނީ ކަނޑައަޅާފައެވެ.

ހިޔާލު


ގުޅުންހުރި