ރާއްޖެއިދިކޮޅު

ޔާމީން މިނިވަން ކުރުމަށް ގޮވާލާ އެއްވުމެއް ބާއްވަނީ

19/04/2021

Admin


ޝެއަރ

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ބުދަ ދުވަހު އެއްވުމެއް ބާއްވާނެ ކަމަށް ޕީޕީއެމްއިން ބުނެފިއެވެ.

ޕީޕީއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ މަޖިލިސް މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވީ ރައީސް ޔާމީންއަށް ނުހައްގުން އަނިޔާކުރާކަމަށާއި އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާ ބުދަ ދުވަހު ބޮޑު އެއްވުމެއް މާލޭގައި ބާއްވާނެކަމަށެވެ. އަދި ފުލުހުންގެ ސެކިއުރިޓީ ދީފިނަމަ އެއްވެސް ހަމަނުޖެހުމެއް ނުހިގާ އެއްވުން ނިމިގެންދާނެ ކަމަށެވެ.

ރަމަޟާން މަހާ ދިމާކޮށް، ރާއީސް ޔާމީން ގެއަށް ބަދަލުކޮށް ދިނުމަށް އެދި އެމަނިކުފާނުގެ ޢާއިލާއިން ވަނީ ސަރުކާރުގައި ދަންނަވާފައެވެ. އަދި އެކަމުގައި މަޝްވަރާ ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ހިޔާލު


ގުޅުންހުރި