ދުނިޔެ

އިންޑިއާގެ ނިއު ދިއްލީ އަނެއްކާވެސް ލޮކްޑައުން ކޮށްފި

19/04/2021

Admin


ޝެއަރ

ކޮވިޑުގެ ހާލަތު ގޯސްވުމާ ގުޅިގެން އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އަނެއްކާވެސް ލޮކްޑައުން ކޮށްފިއެވެ.

ނިއު ދިއްލީ ފުރަބަންދު ކުރީ މިއަދުން ފެށިގެން 10 ދުވަހުގެ މުއްދަތަށެވެ. ދިއްލީގެ ޗީފް މިނިސްޓަރ އަރުވިންދު ކިރިޖިވާލް ވިދާޅުވީ ކޮރޯނާ ވައިރަސްގެ ދެ ވަނަ ރާޅު ކޮންޓްރޯލް ނުކުރެވޭތީ ފުރަބަންދު ކުރަން މަޖުބޫރުކަމަށެވެ.

ނިއު ދިއްލީގެ އިތުރުން އިންޑިއާގެ ގިނަ ސްޓޭޓްތަކުގައި ވައިރަސްދަނީ ބާރަށް ފެތުރެމުންނެވެ. އެގޮތުން އެ ޤައުމުގެ ގިނަ ސަރަހައްދުތަކުގެ ހޮސްޕިޓަލްތައް ވަނީ ފުރި ބާރުވެފައެވެ. އަދި ބަލީގައި މަރުވާ މީހުންގެ އަދަދުވަނީ ވަރަށް ބޮޑުތަކުން އިތުރުވެފައެވެ.

އިންޑިއާއިން މިހާތަނަށް 15 މިލިއަނަށް ވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވެއެވެ. އަދި މީގެ ތެރެއިން 3 ލައްކައެއްހާ މީހުން ވަނީ މަރުފައެވެ.

ހިޔާލު


ގުޅުންހުރި