ރާއްޖެއިދިކޮޅު

ރައީސް ޔާމީން ކޮވިޑް ވެކްސިން ޖައްސަވައިފި

19/04/2021

Admin


ޝެއަރ

ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް, ކޮވިޑް ވެކްސިން ގެ ފުރަތަމަ ޑޯޒް މިރޭ ޖައްސަވައިފިއެވެ.

އެމަނިކުފާނު ކޮވިޑް ވެކްސިން ޖެއްސެވީ އޭޑީކޭ ހޮސްޕިޓަލުގައެވެ. ކަރެކްޝަންސް އިން ވިދާޅުވީ މިރޭ ރައީސް ޔާމީން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވާ ކަމަށެވެ. މައުލޫމާތު ލިބޭގޮތުގައި ރައީސް ޔާމީން ޖެއްސެވީ ފައިޒާ ވެކްސިނެވެ.

ރާއީސް ޔާމީން ވެކްސިން މި ޖެއްސެވީ, އެމަނިކުފާނު ވެކްސިން ޖެއްސެވުމަށް ދެކޮޅު ހެއްދެވި ކަމުގެ ޚަބަރުތައް މީޑިއާގައި ފެތުރިފައިވަނި ކޮށެވެ. މިދިޔަ ބުދަ ދުވަހު ވެކްސިން ޖެއްސެވުމަށް އެމަނިކުފާނު މާލެ ގެނައިކަމަށާއި އެ ދުވަހު ވެކްސިން ޖެއްސެވުމަށް ދެކޮޅު ހެއްދެވިކަމަށް ކަރެކްޝަން އިން ވިދާޅުވިއެވެ. ނަމަވެސް އެމަނިކުފާނުގެ ވަކީލުންގެ ޓީމުންވަނީ އެކަން ދޮގުކޮށްފައެވެ.

ހިޔާލު


ގުޅުންހުރި