ރާއްޖެސަރުކާރު

ދެ ރަށެއްގައި އަލުން ވޯޓު ލާން ނިންމައިފި

19/04/2021

Admin

އިލެކްޝަންސް ކޮމިޝަންގެ ރައީސް އިބްރާހީމް ޝަރީފު ވޯޓު ލައްވަނީ


ޝެއަރ

ދެ ރަށެއްގައި އަލުން ކައުންސިލް އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދަން އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.

އަލުން ވޯޓުލާން ނިންމީ ތ. ގާދިއްފުއްޓާއި ލ. މާވަށުގެ ކައުންސިލް އިންތިހާބުގެ ވޯޓުލުމެވެ. މި ދެ ރަށުގެ ތިން ދާއިރާއެއްގެ ވޯޓު އަލުން ލާން ނިންމީ ރަށަށް ނިސްބަތްނުވާ ބަޔަކު ވޯޓުލާފައިވާތީ އެކަން ފާހަގަކުރެވިގެން ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވިއެވެ. މި ދެ ރަށުގައި އަލުން ވޯޓުލުން ބާއްވާނެ ތާރީޚެއް އިއުލާން ކުރައްވާނެ ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވިއެވެ.

ކައުންސިލް އިންތިހާބާ ގުޅޭގޮތުން މިހާތަނަށް ހުށަހެޅި ޝަކުވާތައް ބަލާ, ބައެއް ފޮށިތަކުގެ ވޯޓު އަލުން ޗެކްކުރުމަށްވެސް އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފައެވެ. ޖުމުލަ 208 ޝަކުވާ ހުށަހަޅާފައިވާއިރު, ގިނައީ ހެއްކެތް ނެތް ތޯތޯ ވާހަކަތަކެއް ކަމަށް އިލެކްޝަން އިން ބުނެއެެވެ.

ހިޔާލު


ގުޅުންހުރި