ރާއްޖެރައްޔިތުންގެ މަޖިލިސް

"އޯވާޑްރޯ ކުރުމުގެ ހުއްދަ ނުލިބުނީ ވަޒީރުން ނޫފޫޒު ފޯރުވަން އުޅުނީމަ"

21/04/2021

Admin

ޢަލީ އާޒިމް - ފޮޓޯ: މަޖިލިސް


ޝެއަރ

ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުން އިސްތިސްނާކުރުމަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރުމާގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައާ މެދު މަޖިިލީހުން ގޮތެއް ނުނިމުނީ އެކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕާއި މަޝްވަރާ ނުކޮށް ބައެއް ވަޒީރުން މެންބަރުންނަށް ނުފޫޒުފޯރުވަން އުޅުމުންކަމަށް އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕް ލީޑަރ އަދި މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް ވިދާޅުވެއްޖެއެވެ.

ސަރުކާރުން މަޖިލީހަށް ހުށަހެޅީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 38 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހަށް ލިބޭ ބާރުގެ ދަށުން، އެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާއި، (ރ) އަދި (ބ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކަށް ތަބާވުން 26 އޭޕްރީލް 2021 އިން ފެށިގެން 1 އަހަރު ދުވަހަށް އިސްތިސްނާކުރުމުގެ ހުއްދަ ދެއްވުމަށެވެ. މި ހުއްދަ ފުރަތަމަ މަޖިލީހުން ދެއްވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގައެވެ. ނަމަވެސް މިމައްސަލަ ޚާއްސަ ކޮމިޓީއަކަށް ފޮނުވައިގެން ދިރާސާކުރުމަށް އެދި މި އަދުގެ ޖަލްސާގައި ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފު ހުށަހެޅުއްވުމުން މެންބަރުން ވަނީ އެކަމަށް ދެކޮޅު ހައްދަވާފައެވެ.

މިކަމާ ގުޅޭގޮތުން މިރޭ އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަރުކާރުން މަޖިލީހުގެ އެމްޑީޕީގެ ލީޑަރޝިޕާއި މަޝްވަރާ ނުކޮށް، ބައެއް ވަޒީރުން މެންބަރުންނަށް ނުފޫޒު ފޯރުވަން އުޅުއްވިކަމަށެވެ. އަދި އެގޮތަށް ވަޒީރުން ކަންކަން ނުކުރުމަށް އޭނާ އެދިވަޑައިގަތެވެ.

އޯވާޑްރޯ ކުރުން ނުވަތަ އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން ވަކިއަދަދެއްނެތި ފައިސާ ނެގުމުގެ ހުއްދާ މަޖިލީހުން ކުރިން ދީފައިވަނީ 1 އަހަރުގެ މުއްދަކަށެވެ. އެހުއްދަ މި އޭޕްރީލް މަހުގެ 26 އަށް ހަމަވާނެވެ.

ހިޔާލު


ގުޅުންހުރި