ރާއްޖެސަރުކާރު
އަސްކަރިޔާގެ 25 ޕަސެންޓް ގެންދިޔައީ އަބަދުވެސް ޓްރެއިނިން ތަކުގައި
21/04/2021
Admin
ޝެއަރ
މުޅި އަސްކަރިޔާގެ 25 ޕަސެންޓް ގެންދިޔައީ އަބަދުވެސް ޓްރެއިނިން ސައިކަލް ތަކުގައި މަސައްކަތް ކުރަމުން ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ސިފައިންގެ ޚިދުމަތުގެ 129 އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖެއްގައެވެ. ފާއިތުވި 2020 ވަނަ އަހަރަކީ ސިފައިންގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި މުހިއްމު ޚިދުމަތްތަކެއް ކުރެވުނު ކާމިޔާބު އަހަރެއް ކަމަށް ޝަމާލް ވިދާޅުވެއްޖެއެވެ.
އަދި އުމްރާނީ ތަރައްގީއަށް ބޭނުންވާ ވަސީލަތްތައް ހޯދުމާއެކު އިންފްރާސްޓްރަކްޗަރ ބިނާކުރުމަށް މުހިއްމު ބިންގާތަކެއް އެޅިގެން ގޮސްފައިވާ ކަމަށެވެ. ތައާރަފު ކުރެވިގެންދާ އަސްކަރީ އަދުލުގެ ނިޒާމުގެ ސަބަބުން ސިފައިންނަށް އޭގެ މަންފާ ކުރާނެ ކަަމަށާއި ވަކިން ޚާއްސަކޮށް ދިފާއީ ބާރުގައި ސިފަވަންތަ އަޚުލާގާއި ސުލޫކު ދެމެހެއްޓުމަށް އިތުރު މަގުތަކެއް ފަހިވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"މިއަދު މި ތަޢާރަފް ކުރެވޭ މިލިޓަރީ ޖަސްޓިސް ސިސްޓަމް ނުވަތަ އަސްކަރީ އަދުލުގެ ނިޒާމުގެ ސަބަބުންވެސް ސިފައިންނަށް ވަރަށް ރަނގަޅު ފައިދާތަކެއް، ވަކިން ޚާއްސަކޮށް ގައުމީ ދިފާއީ ބާރުގައި ޑިސިޕްލިން ސަސްޓެއިން ކުރުމުގައި ވަރަށް ރަނގަޅު ކަންތައްތަކެއް ކުރެވިގެން ދާނެ." ޝަމާލް ވިދާޅުވިއެވެ.
އަސްކަރިއްޔާގެ ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުއާއި ޑިފެންސް މިނިސްޓަރ މާރިއާ ދީދީ ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް އެބޭފުޅުންނަށް ޗީޕް އޮފް ޑިފެންސް ފޯސް ޝުކުރު އަދާކުރެއްވިއެވެ.
ހިޔާލު
ގުޅުންހުރި