ރާއްޖެސަރުކާރު

ވީއައިއޭގައި އެކްސިޑެންޓެއް ހިނގާ ސްރީލަންކަންގެ ބޯޓަށް ގެއްލުން

21/04/2021

Admin


ޝެއަރ

ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުގައި ފުރަން ތައްޔާރުވެފައި އޮތް ސްރީލަންކަންގެ ބޯޓެއްގައި ސިޑިބަރިންޖެހި ބޯޓުގެ ފަހަތު ފިޔަގަނޑަށް ގެއްލުން ވެއްޖެއެވެ.

މިހާދިސާ ހިނގީ ބޯޓު ޕާކުކޮށްފައި އޮތްވާ އެމްއޭސީއެލްގެ މުވައްޒަފަކު ދުއްވާފައިދިޔަ ސިޑި ބަރި ބޯޑުގައި ޖެހިގެންނެވެ. ބޮޑެތި ބޯޓުތަކަށް މީހުން އެރުވުމާއި ފޭބުމަށް ބޭނުން ކުރަނީ ވަކިން ދުއްވާފައި ގެންދެވޭ ސިޑިބަރިތަކެވެ.

ސްރީލަންކަންގައި ޖެހުނު ސިޑިބަރި


މިހާދިސާ ހިނގިގޮތް މިހާރު އެމްއޭސީއެލްގެ ސޭޕްޓީއާއި ސިވިލްއޭވިޝަނުން ދަނީ ތަހުޤީޤުކުރަމުންނެވެ. ސްރީލަންކަންގެ މާލޭގެ އެޖެންޓު އޭސްޓްރެވަލް އިން މީޑިއާއަށް މާއުލޫމާތު ދީފައިވާ ގޮތުގައި ލަންކާ ބޯޓަށް ލިިބުނު ގެއްލުމާއި ގުޅިގެން ފުރަން ދިޔަ މީހުންނަށް ނުފުރި ލަސްވެ، އަދި ގެއްލުން ލިބުނު ބޯޓާއި އިތުރު ބޯޓެއްވެސް ވަނީ ގްރައުންޑު ކޮށްފައެވެ.

ހިޔާލު


ގުޅުންހުރި