ރާއްޖެއިދިކޮޅު

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ މުޒާހަރާ ކޮށްފި

22/04/2021

Admin

ޕީޕީއެމް/ޕީއެންސީއިން ބޭއްވި މުޒާހަރާ - ފޮޓޯ: ޒަޔާން


ޝެއަރ

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ބުދަ ދުވަހުގެ ރޭ މުޒާހަރާކޮށްފިއެވެ.

ޕީޕީއެމް އޮފީސް ދޮރުމަތީގައި ބޭއްވި އެއްވުމުގެ ބައިވެރިންވަނީ ރަޔީސް ޔާމީނަށް އިއްވާފައިވަނީ ނުހައްްގު ހުކުމެއްކަމަށާއި އެމަނިކުފާނު ވަގުތުން ދޫކޮށްލުމަށް ގޮވާލާފައެވެ. އަދި ބުރާސްފަތި ދުވަހުގެ ހަވީރު 6ގެ ކުރިން ދޫކޮށް ނުލައިފިނަމަ ފުލުހުންނާއި ރައީސުލްޖުމްހޫރިއްޔާ އަންގަވާ އެންގުންތަކަށް ބޯނުލަނބާނެކަށް އެއްވުމުގައި ވާހަކަ ދެއްކި ޕީޕީއެމްގެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

ޕީޕީއެމް އިން މުޒާހަރާކޮށްފައިވަނީ ރަމަޟާން މަހާ ދިމާކޮށް، ރާއީސް ޔާމީން ގެއަށް ބަދަލުކޮށް ދިނުމަށް އެދި އެމަނިކުފާނުގެ ޢާއިލާއިން ސަރުކާރުގައި ދަންނަވާފައިވަނި ކޮށެވެ. އަދި އެކަމުގައި މަޝްވަރާ ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ހިޔާލު


ގުޅުންހުރި