ރާއްޖެސަރުކާރު
ރާއްޖެއިން 319 މަތިވެރިން އެކަނިވެސް 63 މީހުން ޕޮޒިޓިވް
23/04/2021
Admin
އއ. މަތިވެރި
ޝެއަރ
މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވީ އަދަދު 300 އަށްވުރެ މަތިވެއްޖެއެވެ. އަދި އއ. މަތިވެރިން އެކަނިވެސް 63 މީހުން މިއަދު ވަނީ ޕޮޒިޓިވް ވެފައެވެ.
މިއަދު ޕޮޒިޓިވް ވި މީހުންތެރޭގައި ހިމެނެނީ މޭލެއިން ޕޮޒިޓިވް ވި 108 މީހުންނާއި އަތޮޅު ތެރެއިން ޕޮޒިޓިވްވި 182 މީހުންގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވް 21 މީހުންނާއި ސިނާއީ ރަށްތަކުން ޕޮޒިޓިވް ވި 8 މީހުންނެވެ. މި އަދަދުތަކާއެކު މިވަގުތު ރާއްޖޭގައި އެކްޓިވް ކޭސްތަކުގެ އަދަދަކީ 3207އެވެ.
މިއަދު ޕޮޒިޓިވް މީހުންގެ ތެރޭގައި އއ. މަތިވެރިން 63 މީހުން ހިމެނެއެވެ. އެރަށުން ޕޮޒިޓިވް މީހުން ޖުމުލަ އަދަދު މިހާރުވަނީ 82 އަށް އަރާފައެވެ. ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓު ކުރުމުން މަތިވެރިން ފުރަތަމަ ފެނިފައިވަނީ 10 މީހުންނެވެ. މި ކޭސްތަކާއި ގުޅިގެން މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން މަތިވެރި އޮތީ މޮނިޓަރިންގައެވެ. އަދި އެރަށަށް ދަތުރު ކުރި މީހުން އެކަން އެންގުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖޭގައި ކޮވިޑް ކޭސްތައް މިފަހުތާތެރޭގައި އަނެއްކާވެސް ދަނީ މަތިވަމުންނެވެ.
ހިޔާލު
ގުޅުންހުރި