ރާއްޖެސަރުކާރު

ދެ ދަރިވަރަކު އިންޑިއާއިން ތެރަޕިއުޓިކް ކޯސް ހަދަން އެމްޓީސީސީގެ ސްޕޮންސަރ

22/04/2021

Admin


ޝެއަރ

ދެ ދަރިވަރަކު އިންޑިއާއިން ތެރަޕިއުޓިކް ކޯސް ހަދަން އެމްޓީސީސީން ސްޕޮންސަރ ދީފިއެވެ.

މިކަމާ ގުޅޭގޮތުން އެމްޓީސީސީއާއި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރީ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމްއެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރީ ޑިރެކްޓަރ އިބްރާހީމް ނަސީމްއެވެ.

މިއެއްބަސްވުމުގެ ދަށުން އިންޑިއާއިން ތެރަޕިއުޓިކް ކޯސްތައް ފުރިހަމަށް ކުރުމަށް 2 ދަރިވަރަކަށް ސްޕޮންސަރ ލިބޭނެއެވެ. ސްޕޮންސަރގައި ހިމެނެނީ ކޮންކަމެއްކަން ހާމައެއް ނުކުރެއެވެ.

މި އެއްބަސްވުމަކީ އެމް.ޓީ.ސީ.ސީގެ އިޖުތިމާޢި ޒިންމާގެ ދަށުން ނިންމެވި، ފައިދާކުރަނިވި ނިންމުމެއް ކަމަށް އެ ކުންފުނިން ބުނެއެވެ. މިއީ އެމްޓީސީސީއިން މިފަދަ އެއްބަސްވުމެއްގައި ސޮއިކުރި ފުރަތަމަ ފަހަރެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގަތެވެ.

ހިޔާލު


ގުޅުންހުރި