ރާއްޖެސަރުކާރު

ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންގާރަ ދުވަސް

12/04/2021

Admin

މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަހްމަދު ޒާހިރު


ޝެއަރ

މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ 13 އޭޕްރީލް 2021 ވާ އަންގާރަ ދުވަސް ކަމުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށް މިރޭ އިސްލާމިކް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމަށްފަހު، އިސލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ވިދާޅުވީ، ފަލަކީ ހިސާބުން ރާއްޖޭގެ އެއްވެސް ހިސާބަކަށް މިރޭ ރަމަޟާން މަހުގެ ހަނދު ފެންނާނެ ކަމަށް ސާބިތު ނުވާތީއާއި އިސްލާމީ އެއްވެސް ޤާއުމަކަށްވެސް ހަނދު ނު ފެންނަނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންގާރަ ދުވަސް ކަމުގައި ކަނޑައެޅީ ކަމަށެވެ.

މިގޮތަށް ކަނޑައެޅުމަށްފަހު ދެން އިސްލާމީ ޤައުމުތަކަށް ހަނދު ފެނުނަސް، ރާއްޖޭގައި އަމަލުކުރަމުންދާ އުސޫލުގެ މަތިން ނިންމުން ބަދަލެއް ނުކުރާނެއެވެ.

ހިޔާލު


ގުޅުންހުރި