ވިޔަފާރި

ސުވިޓްޒަލޭންޑުގައި ކަރަންޓީންވާން ނުޖެހޭ ލިސްޓަށް ރާއްޖެ

24/04/2021

Admin

ސްވިޓްޒަލޭންޑް


ޝެއަރ

އަންނަ މަހުގެ 3 ވަނަ ދުވަހުން ފެށިގެން ސްވިޓްޒަލޭންޑުން ލުއި ދޭން ނިންމާފައިވާ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމަނައިފިއެވެ.

ލުއިދޭ ލިސްޓުގައި ރާއްޖެ ހިމެނުމުން 3 މޭ އިން ފެށިގެން ސުވިޓްޒަލޭންޑަށް ދާ ދިވެހިން ކަރަންޓީން ވާކަށް ނުޖެހޭނެއެވެ. ނަމަވެސް އެ މުއްދަތުގެ ކުރިން ޒިޔާރަތް ކުރާ ދަތުރުވެެރިން ކަރަންޓީން ވާންޖެހޭނެއެވެ. ލުއިދޭ ލިސްޓުގައި ރާއްޖެ ހިމެނުމުން އެ ޤައުމުން އަންނަ ފަތުރުވެރިންގެ އަދަދުވެސް އިތުރުވާނެ ކަމަށް ބެލެއެވެ.

ސުވިޓްޒަލޭންޑުން ގައުމުތަކަށް ލުއި ދެނީ އެ ގައުމުތަކުގައި ކޮވިޑް-19 ފެތުރޭ މިންވަރަށް ބެލުމަށްފަހު ގައެވެ. ލުއިދޭ ލިސްޓުގައި ރާއްޖެ ހިމެނުނުއިރު, ރާއްޖޭގައި ކޮވިޑް ބަލިޖެހޭ މީހުންގެ އަދަދު ފާއިތުވި ހާފުތާއިން ފެށިގެން ވަނީ އިތުރުވާން ފަށާފައެވެ. އިއްޔެ އެކަނިވެސް 312 މީހުން ރާއްޖެއިން ވަނީ ޕޮޒިޓިވް ވެފައެވެ.

ސުވިޓްޒަލޭންޑުން މިހާރުވެސް ރާއްޖެއަށް ހަފުތާއަކު 2 ދަތުރު ކުރެއެވެ.

ހިޔާލު


ގުޅުންހުރި