ރާއްޖެއިދިކޮޅު
އިދިކޮޅު ކޯލިޝަނުން ކުރިޔަށް ގެންދާ އިހުތިޖާޖުގެ ހަރަކާތްތައް ވަރުގަދަ ކުރަނީ
25/04/2021
Admin
ޝެއަރ
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ނިމިވަން ކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ކުރާ އިހުތިޖާޖުގެ ހަރަކާތްތައް ވަރުގަދަ ކުރާނެ ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.
ޕީޕީއެމް އޮފީސް ދޮރުމަތީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ހަރަކާތްތައް ހިންގާ ކޮމިޓީގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވީ، އެ ކޯލިޝަނުން 27 އޭޕްރީލް ވާ އަންގާރަ ދުވަހުގެ ރެއިން ފެށިގެން " ދޭތިން އެކައްޗަށް" ނަމުގައި ވަރަށް ވަރުގަދަ މުޒާހަރާތަކެއް ބާއްވާނެ ކަމަށެވެ. މި ހަރަކާތް ރޯދައިގެ ފަހު ދިހައަކަށް މެދުކަނޑާލުމަށްފަހު، ފިޠުރު ޢީދު ދުވަހުން ފެށިގެން އަނެއްކާވެސް މި އިހުތިޖާޖު ކުރިޔަށް ގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ޕީޕީއެމްއިން ބުނީ އެޕާޓީން ބޯލަނބާނީ ރައީސް ޔާމީންއަށް އެކަނި ކަމަށާއި، އެ މަނިކުފާނު ޖަލުން މިނިވަން ކުރަންދެން އިހުތިޖާޖު ކުރިޔަށް ގެންދާނެ ކަމަށެވެ.
ރޭ ބޭއްވި ބައްދަލުވުމަށްފަހު އިދިކޮޅު ކޯލިޝަންގެ ބައެއް ސަޕޯޓަރުންވަނީ މަގުތަކަށް ނުކުމެ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާ އަޑު އުފުލާފައެވެ. އަދި މި އެއްވުމުގައި ބައިވެރިވި މީހުން ހުއްޓުވަން ފުލުހުން ކުރި މަސައްކަތުގައި ބައެއް ސަޕޯޓަރުންނަށް އަނިޔާކޮށްފައިވާ ކަމަށް ޕީޕީއެމް އިން ބުނެއެވެ.
ހިޔާލު
ގުޅުންހުރި