ރާއްޖެސަރުކާރު
"ދަރުމަވަންތަ ސްކޫލުގެ އެއްބަސްވުމުގެ މުއްދަތު އިތުރެއް ނުކުރޭ"
25/04/2021
Admin
ދަރުމަވަންތަ ސްކޫލްގެ ކުރެހުން - ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
ޝެއަރ
ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އެޅުމަށް އެސްޖޭ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ނުކުރާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
މިދިޔަ އަހަރުގެ ފެބުރުވަރީ މަހު ސްކޫލު އެޅުމަށް އެސްޖޭ ކުންފުންޏާ މަސައްކަތް ހަވާލުކުރީ އެއް އަހަރު ދުވަހުން މަސައްކަތް ނިންމާގޮތަށެވެ. ނަމަވެސް އިމާރާތުގެ މަސައްކަތް އަދިވެސް ނުނިމެއެވެ.
ދަރުމަވަންތަ ސްކޫލުގެ މަސައްކަތް ހަވާލުކުރަނީ - ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
އެސްޖޭއާ އެކު ހެދި އެއްބަސްވުމުގެ މުއްދަތު އިތުކޮށްފި ކަމަށްބުނެ 'މިހާރު' ނޫހުން ޖެހި ޚަބަރު ދޮގުކޮށް އެޑިއުކޭޝަން މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ ސްކޫލުގެ މަސައްކަތް ދަނީ އެއްބަސްވެފައިވާ ޝެޑިއުލްއާ އެއްގޮތަށް ކަމަށެވެ. އަދި 74.9 މިލިއަން ރުފިޔާގެ މި އެއްބަސްވުމުގެ މުއްދަތު އިތުރު ނުކުރާކަމަށް މިނިސްޓްރީން ބުންޏެވެ.
ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އަޅަނީ ވިލާ ކޮލެޖާ ދިމާލުން ބޮޑުތަކުރުފާނު މަގުގައި އޮތް ބިމެއްގައެވެ. މިހާރު ދަރުމަވަންތަ ސްކޫލުގެ ދަރިވަރުން ކިޔަވަމުންދަނީ ވަގުތީ އިމާރާތެއްގައެވެ.
ހިޔާލު
ގުޅުންހުރި