ރާއްޖެއިދިކޮޅު

"ރާއްޖެ މި ވަނީ އިންޑިއާ މީހުން ކަރަންޓީންވާ ތަނަކަށް ހަދާފަ"

25/04/2021

Admin

ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ފޮޓޯ: ޕީޕީއެމް


ޝެއަރ

އިންޑިއާ މީހުން އެހެން ޤައުމުތަކަށް ދިއުމަށް ކަރަންޓީން ވާ މަރުކަޒަކަށް ރާއްޖެ ހަދާފައިވާ ކަމަށް އިދިކޮޅު ތުހުމަތު ކޮށްފިއެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަޙީމް ޢަބްދުالله ވިދާޅުވީ, ދިވެހި ރައްޔިތުންނަށް ވުރެ ބޮޑަށް މި ސަރުކާރުން އިސްކަން ދެނީ އެހެން ޤައުމުތަކުގެ މީހުންނަށް ކަމަށެވެ. އެގޮތުން އިންޑިއާ މީހުން އެހެން ޤައުމުތަކަށް ދިއުމަށް ކަރަންޓީން ވަނީ ރާއްޖޭގައި ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ, އިންޑިއާގައި ފެތުރެމުންދާ ކޮވިޑްގެ ވޭރިއަންޓުތަކުގެ މަޢުލޫމާތުވެސް ރަނގަޅަށް ނޭގޭ ކަމަށާއި އެފަދަ ހާލަތެއްގައި އިންޑިއާ މީހުން ރާއްޖެއައުން ނުރައްކާތެރި ކަމެއްގޮތުގައި ފާހަގަކުރެއްވިއެވެ.

އިންޑިއާގައި ކޮވިޑް ވަރަށް ބާރަށް ފެތުރެމުންދާތީ, އިންޑިއާއިން ރާއްޖެ އަންނަ މަސައްކަތު މީހުން ކަރަންޓީނު ވާންޖެހޭ ގޮތަށް ސަރުކާރުން ވަނީ އުސޫލު ބަދަލުކޮށްފައެވެ. އިންޑިއާ ފަތުރުވެރިން ކަރަންޓީނު ނުވިނަމަވެސް ގެސްޓު ހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށަށް ދިއުން ވަނީ މަނާ ކޮށްފައެވެ. ނަމަވެސް އިންޑިއާއިން ރާއްޖެއައުން މަނާކުރުމަށް އިދިކޮޅުން ދަނީ ގޮވާލަމުންނެވެ.

އިންޑިއާގައި ކޮވިޑުގެ ހާލަތުވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ކޮންމެ ދުވަހަކު އެތައްލައްކަ މީހުން ދަނީ ޕޮޒިޓިވްވެ, ހޮސްޕިޓަލްތައް ފުރި ގިނަ އަދަދެއްގެ މީހުން ދަނީ ބަލީގައި މަރުވަމުންނެވެ. އަދި ގިނަ ދުނިޔޭގެ ގިނަ ގައުމުތަކުންވަނީ އިންޑިއާއަށް ކުރާ ހުރިހާ ދަތުރެއް މެނދުކަނޑާލާ އެ ޤައުމުން މީހުން އެތެރެވުން މަނާކޮށްފައެވެ.

ހިޔާލު


ގުޅުންހުރި