ރާއްޖެސަރުކާރު
ފަސްޓްލޭޑީ ފަޒުނާ ކޮވިޑުން ރަނގަޅުވެއްޖެ
27/04/2021

Admin

ޝެއަރ
ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ކޮވިޑް-19 ބަލީގެ އާލާސްކަންފުޅާ އުއްޅުއްވުމަށްފަހު ބަލިން ރަނގަޅު ވެއްޖެއެވެ.
ފަސްޓް ލޭޑީ ފަޒުނާ ކޮވިޑަށް ޕޮޒިޓިވްވީ މި އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ގައެވެ. އެ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙްއާއި އެމަނިކުފާނުގެ ބޭފުޅުންވެސް ކޮވިޑް ޓެސްޓު ހެއްދެވިއެވެ. ނަމަވެސް އެބޭފުޅުން ނެގެޓިވްއެވެ.

ފަޒުނާ ފޭސްބުކުގައި ކުރެއްވި ޕޯޓު
ބަލިން ރަނގަޅުވުމަށްފަހު މިއަދު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ފަސްޓްލޭޑީ ފަޒުނާ ވިދާޅުވީ ބަލިން އެއްކޮށް ރަނގަޅު ވެއްޖެކަމާއި ހެޔޮދުޢާގެ މެސެޖު ފޮނުއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ހިޔާލު
ގުޅުންހުރި