ރާއްޖެރައްޔިތުންގެ މަޖިލިސް

ޕަލަސްތީނާއި އިސްރާއީލުގެ މަޖިލީހުގައި ތަޤުރީރު ކުރުމުގެ ދަޢުވަތު

29/04/2021

Admin

rރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު


ޝެއަރ

ފަލަސްތީނުގެ ޤާނޫނު ހަދާ މަޖިލީހާއި އިސްރާޢީލުގެ ޤާނޫނު ހަދާ މަޖިލީހުގައި ތަޤުރީރު ކުރުމުގެ ދަޢުވަތު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަރުވައިފިއެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްވަމުން ރައީސް ނަޝީދު ވިދާޅުވީ ފަލަސްތީނާއި އިސްރާޢީލުންވެސް އެ ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހަށްވަޑައިގެން ތަޤުރީރު ކުރެއްވުމުގެ ދަޢުވަތު އަރުވާފައިވާ ކަމަށެވެ. ނަމަވެސް އެކަމަށް އަދި ގޮތެއް ނުނިންމަވާ ކަމަށާއި އެފަދަ ކަމެއްގައި ގޮތް ނިންމަވާނީ ރައްޔިތުން ބޭނުންވާ ގޮތް ބެލުމަށްފަހު ކަމަށެވެ.

"އަޅުގަނޑުގެ ވިސްނުމަކީ މި ބާވަތުގެ ކަމެއް އަޅުގަނޑު ކުރިމައްޗަށް އައިމާ، އަޅުގަނޑު އަމަލުކުރާނެ ގޮތަކީ ވިހާވެސް ގިނަ ބަޔަކާ އެ މައުލޫމާތު ހިއްސާކުރުމޭ. ރައްޔިތުންނަށް އެނގޭނީ ރައްޔިތުން މިސްރާބު ހިފާންވީ ދިމާ. ފަލަސްތީނު ރައްޔިތުންގެ މިނިވަންކަމާއި ފަލަސްތީނު ރައްޔިތުންނަށް ދައުލަތެއް ހައްޤުކަން އެއީ އެއްވެސް ހާލަތެއްގައި އަޅުގަނޑަށް ޔަޤީން ކަށަވަރު މި މަޖިލީހުގެ އެއްވެސް މެންބަރަކު އިންކާރު ކުރާނެ ކަމެއް ނޫން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް މަސައްކަތް ކުރުމަކީ މަޖިލީހާއި ދިވެހި ރައްޔިތުން ކުރަންޖެހޭ ކަމެއްކަމަށެވެ.

ހިޔާލު


ގުޅުންހުރި