ރާއްޖެއިދިކޮޅު

ރައީސް ޔާމީން ގެޔަށް ބަދަލުކޮށްފި

29/04/2021

Admin

ރައީސް ޔާމީން ގޭގައި


ޝެއަރ

ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވި ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް މިރޭ ގެޔަށް ބަދަލުކޮށްފިއެވެ.

ކަރެކްޝަންސް އިން ކުރި ޓުވީޓޭއްގައި ބުނީ ރައީސް ޔާމީން ގެއަށް ބަދަލުކުރީ މާފުށީ ޖަލުގެ އޮފިސަރުން ކޮވިޑަށް ޕޮޒިޓިވްވަމުން ދާތީކަމަށެވެ. އަދި ގެއަށް ބަދަލުކުރީ ވަގުތީ ގޮތުން ކަމަށް ކަރެކްޝަންސް އިން ބުނެއެވެ. އެގޮތުން ރޯދަ މަސް ނިމެންދެން ގޭގައި ބަހައްޓަން ނިންމާފައިވާ ކަމަށް ކަރެކްޝަންސް އިން މައުލޫމަތުދެއެވެ.

މިރޭ 7:30 ގައި ރައީސް ޔާމީން ގެއަށް ބަދަލުކޮށްފައި މިވަނީ ރަމަޟާން މަހާ ދިމާކޮށް އެމަނިކުފާނު ގެއަށް ބަދަލުކޮށް ދިނުމަށް އެދި ޢާއިލާއިންނާއި ޕިީޕީއެމްއިން ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައިވަނިކޮށެވެ. އަދި އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާ ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ދަނީ މުޒާހަރާވެސް ކުރަމުންނެވެ.

ރައީސް ޔާމީން މަނީލޯންޑަރ ކުރުމުގެ ކުށް ސާބިތުވެ, ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާތާ މިއަދަށް މިއީ 518 ދުވަހެވެ. އެމަނިފުނާގެ ސަޕޯޓަރުންނާއި ޕީޕީއެމް/ޕީއެންސީއިން ބުނަނީ އެމަނިކުފާނަށް އިއްވާފައިވަނީ ސިޔާސީ ހުކުމެއް ކަމަށެވެ. އަދި އެބޭފުޅުންދަނީ އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލަމުންނެވެ.

ހިޔާލު


ގުޅުންހުރި