ރާއްޖެސަރުކާރު

ކޮވިޑާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރަނީ

03/05/2021

Admin


ޝެއަރ

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރަން މަޝްވަރާ ކުރައްވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބަލި ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް ހަރުދަނާ ކުރުމަށް މަޝްވަރާކުރައްވަމުން ދާކަމަށެވެ. އަދި ރާއްޖޭގައި ކޮވިޑުގެ ޢަދަދުތައް އިންތިހާއަށް މަތިވަމުންދާތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އަދި ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ.

ރާއްޖޭގައި ބަލި ޖެހޭ މީހުންގެ އަދަދުވަނީ ވަރަށް ބޮޑަށް މަތިވެފައެވެ. އިއްޔެ އެކަނިވެސް ރެކޯޑު އަދަދަކަށް ވަނީ މީހުން ޕޮޒިޓިވް ވަފައެވެ. 508 މީހުން ޕޮޒިޓިވް ވިއިރު 24 ވުރެ ގިނަ ރަށުގައި ބަލިޖެހިފައިވާ މީހުން އެބަތިއްބެވެ. އަދި ބައެއް ރަށްރަށުގައި ޕޮޒިޓިވް އަދަދު އުޅެނީ 300 ވުރެ މަތީގައެވެ.

ހިޔާލު


ގުޅުންހުރި