ރާއްޖެސަރުކާރު

ކޮވިޝީލްޑް ވެކްސިން ޖެހުން މެދުކަނޑާލައިފި

04/05/2021

Admin


ޝެއަރ

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގައި ދެމުން އައި ކޮވިޝީލްޑް ވެކްސިން ޖެހުން މެދުކަނޑާލައިފިއެވެ.

ކޮވިޝީލްޑް ވެކްސިންގެ ޖެހުން މެދު ކަނޑާލީ މާލޭ ސަރަހައްދުގައެވެ. އަދި ވެކްސިން ޖެހުން މެދު ކަނޑާލި ސަބަބު އެޗްޕީއޭއިން ހާމައެއް ނުކުރެއެވެ. ނަމަވެސް ވަރަށް އިތުބާރު ހުރި މަސްދަރަކުން މަޢުލޫމާތު ލިބުނު ގޮތުގައި ކޮވިޝީލްޑް ވެކްސިން ޖެހުން ހުއްޓާލީ ވެސްކިން ސްކޮޓް ހުސްވާން ކައިރިވުމުންނެވެ. އަދި ސްޓޮކް ވަރަށް މަދުވެފައިވާކަން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުންވެސް ވަނީ ހާމަކޮށްފައެވެ.

ކޮވިޝީލްޑް ވެކްސިން ޖެހުން މެދުކަނޑާލިރު, މީގެ ކުރިންވަނީ ހަމައެކަނި ފެބުރުވަރީ މަހު ފުރަތަމަ ޑޯޒް ޖެހި ފަރާތްތަކަށް އެނިކަން ޖަހާ ގޮތަށް އުސޫލު ބަދަލުކޮށްފައެވެ. އަތޮޅު ތެރެއާއި ރިސޯޓުތަކުގައިވެސް ދަނީ ވެކްސިން ޖަހަމުންނެވެ. އަދި އެތަންތަނުން ވެކްސިޖެހުމަށް ބަދަލެއް ގެނައިކަމެއް ނޭގެއެވެ.

ރާއްޖޭގައި ކޮވިޑުން ރާއްކާތެރި ވުމުގެ ގޮތުން 3 ވެކްސިނެއް ދަނީ ދެމުންނެވެ. އެއީ ކޮވިޝީލްގެ އިތުރުން ސައިނޮފާމް އާއި ފައިޒާ ވެކްސިނެވެ. މި ދެ ވެކްސިން ޖެހުމުގެ އުސޫލަށް ބަދަލެއް ގެނައިކަމެއް އެޗްޕީއަކުން ހާމައެއް ނުކުރެއެވެ.

ވެކްސިން ޖެހުން މެދު ކަނޑާލިއިރު ގިނަ ބަޔަކު ވަނީ ވެކްސިން ޖަހަން ކިޔޫ ހަދާފައެވެ. އަދި އެތައް ގަޑިއިރެއް ކުރިން ކިޔޫ ހަދައިގެންވެސް ގިނަ ބަޔަކަށް ނަންބަރު ނުލިބޭ ކަމުގެ ޝަކުވާ ދަނީ ކުރަމުންނެވެ. އަދި ފުރަތަމަ ޑޯޒް ފުރިހަމަ ކުރި މީހުންނަށް ވެކްސިން ޖަހާނެ ގޮތެއްވެސް ނޭގެއެވެ.

އެޗްޕީއޭއިން ބުނީ އަލުން ކޮވިޝީލްޑް ވެކްސިން ޖަހަން ފަށާނެ ތަރީޙެއް އިއުލާން ކުރާނެކަމަށެވެ.

ކޮވިޝީލްޑް ވެކްސިނަކީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާ އެއްޗެކެވެ. އަދި މި ވަގުތު ވެކްސިން އިންޑިއާއިން ލިބި ދާނެކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. އިންޑިއާގައި ކޮވިޑްގެ ހާލަތު އިންތިހާއަށް ގޯސްވެ ބަލިޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދުވަނީ އިންތިހާއަށް މަތިވެފައެވެ.

ހިޔާލު


ގުޅުންހުރި