ރާއްޖެސަރުކާރު
ނިޝާމާ އާއި ޝިޔާމާ ޑެޕިއުޓީ މިނިސްޓަރުކަމުން ވަކިކޮށްފި
04/05/2021
Admin
ޝެއަރ
ވެންޓިލޭޓަރު ގެނައުމަށް ޔޫއޭއީގެ ކުންފުންޏަކާ ހަވާލުކުރީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށްކަމަށް ތުހުމަތުކޮށް މަޤާމުން އެކަހެރި ކޮށްފައިތިބި ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދާއި ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދު މަޤާމުން މިއަދު ވަކިކޮށްފިއެވެ.
ޖުމްހޫރީ ޕާޓީގެ ސޮލޮޓެއްގައި ވަޒީރުގެ ނައިބުގެ މަޤާމުގައި ހުރި ނިޝާމާ މުޙައްމަދު އަކީ ވެންޓިލޭޓަރުތައް ގެނައުމަށް ކުންފުންޏަކާ ހަވާލުކުރި އިރު މިނިސްޓްރީގެ ބިޑް ކޮމިޓީގެ ޗެއަރއެވެ. އެ މައްސަލާގައި ނިޝާމާއާއި ޝިޔާމާގެ އިތުރުން ބިޑް ކޮމިޓީގެ ހުރިހާ މެންބަރުން މަޤާމުން ސަސްޕެންޑް ކުރިއެވެ.
ހެލްތް މިނިސްޓްރީގެ ބިޑް ކޮމިޓީން ވަނީ ވެންޓިލޭޓަރުތައް ގެތުމަށް ޔޫއޭއީގެ ކުންފުންޏަކާއި ރާއްޖޭގެ ދެ ކުންފުންޏަކާ ހަވާލުކޮށްފައެވެ. ނަމަވެސް މި ކުންފުނިތަކަކީ ފަންނީ ތަޖުރިބާ ނެތް އަދި ވެންޓިލޭޓަރުތައް ގަތުމަށް ހަވާލުކޮށްފައިވަނީ މާލިއްޔަތު ގާނޫނާއި ހިލާފަށްކަން އޮޑިޓަރ ޖެނެރަލްވަނީ ހާމަކޮށްފައެވެ. މި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލާ, އޭރުގެ ހެލްތް މިނިސްޓަރ އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނިކޮށް އޭނާ ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.
ވެންޓިލޭޓަރ ކޮރަޕްޝަންގެ މައްސަލައިގައި ޝާމިލުވާ ކަމަށް ތުހުމަތުވެ އޭރު ސަސްޕެންޑްކުރި ބައެއް މީހުންގެ މައްސަލައެއް ނެތް ކަމަށް ނިންމާ އަލުން ވަޒީފާއަށް ވަނީ ނިކުންނަން ފަށާފައެވެ ނަމަވެސް މިއަދާ ހަމަޔަށް ނިޝާމާއާއި ޝިޔާމާ ތިއްބެވީ މުސާރަ ލިބޭގޮތަށް މަޤާމުން އެކަހެރި ކޮށްފައެވެ.
ހިޔާލު
ގުޅުންހުރި