ރާއްޖެސަރުކާރު

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފި

04/05/2021

Admin


ޝެއަރ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަނެއްކާވެސް އިތުރު ކޮށްފިއެވެ.

ހެލްތް މިނިސްޓަރ އަހްމަދު ނަސީމް ސޮއިކުރައްވާ ނެރުނު އަމުރެއްގައި ވިދާޅުވީ, ރާއްޖޭގައި ކޮވިޑް-19 ފެތުރުމުގެ ފުރުސަތު އަދި ވަރަށް ބޮޑު ކަމަށާއި ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅަންޖޭހޭ ފިޔަވަޅުތައް އެޅުމަށް މިދިޔަ އަހަރުގެ މާރިޗު މަހުގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހަލަތުގެ މުއްދަތު އަންނަ ޖޫން މަހުގެ 3 ވަނަ ދުވަހާ ހަމައަށް އިތުރު ކޮށްފައިވާ ކަމަށެވެ. އަދި ކޮވިޑް-19 ރާއްޖޭގައި ފެތުރު ހުއްޓުވުމަށް އާންމު ސިއްޙަތު ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރަށް ވަނީ އަންގަވާފައެވެ.

ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ދަންނާމާލިއިިރު, ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ޕޮޒިޓިވް ވާ އަދަދުވަނީ 500 އަށްވުރެ މައްޗަށް އަރާފައެވެ. އަދި މާލޭ ސަރަހައްދުގެ އިތުރުން އަތޮޅު ތެރޭގެ ގިނަ ރަށްތަކުންވެސް ވަނީ ޕޮޒިޓިވް ކޭސްތައް ފެނިފައެވެ.

ރާއްޖޭގެ ހާލަތު ގޯސް ވަމުންދާތީ, ސަރުކާރުންވަނީ މާލޭ ސަރަހައްދުގެ ސަރުކާރުގެ އޮފީސްތައް 5 މޭ އިން ފެށިގެން 15 މޭގެ ނިޔަލަށް ބަންދުކޮށް, ރޭގަނޑު 12ގެ ފަހުން ދުއްވާ އެއްޗިހި ދުއްވުން އަނެއްކާވެސް މަނާކޮށްފައެވެ. އަދި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށް, ޒަރޫރީ ބޭނުންތަކުގައި ދާމީހުން 10 ދުވަސްވަންދެން ކަރަންޓީން ވާންޖެހޭ ގޮތަށްވަނީ އުސޫލު ބަދަލުކޮށްފައެވެ. މިއީ މިގޮތަށް ފިޔަވަޅުތައް ވަރުގަދަ ކުރި 3 ވަނަ ފަހަރެވެ.

ހިޔާލު


ގުޅުންހުރި