ރާއްޖެސަރުކާރު

މިރޭ 12 އިން ފެށިގެން ވެހިކަލް ދުއްވުން މަނާ

04/05/2021

Admin


ޝެއަރ

ކޮވިޑް-19 އިން ރައްކާތެރި ވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށް, މިރޭ 12 އިން ފެށިގެން މާލޭ ސަރަހައްދުގައި ދުއްވާ އެއްޗިހި ދުއްވުން މަނާކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ މިރޭ 12 އިން ފެށިގެން 4 ގެ ނިޔަލަށް ދުއްވާ އެއްޗިހި ދުއްވުން މަނާ ވުމުގެ އިތުރުން, ކުޅިވަރު ކުޅޭ ތަންތަނާއި ސްވިމިން ޓްރެކްވެސް ބަންދު ވާނެއެވެ. އަދި ކުޅިވަރު ކުޅުމާއި މުބާރަތްތައްވެސް މެދު ކަނޑާލުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ. މީގެ އިތުރުން މިސްކިތްތަކުގައި މާސްކު އެޅުމާއި ނަމާދު ކުރުމުގައި ގައިދުރުކަން ބެހެއްޓުމަށް ވަނީ އަންގާފައެވެ.

އެޗްޕީއޭއިން އެޅި އިތުރު ފިޔަވަޅުތަކުގެ ތެެރޭގައި ޒަރޫރީ ބޭނުމެއްގައި މެނުވީ މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން މަނާކުރުމާއި ރަށްރަށަށް ދާ މީހުން 10 ދުވަހަށް ކަރަންޓީނު ވުމާއި ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށް ދީފައިވާ ދަތުރުކުމުގެ ލިއުތައް ވަގުތީ ގޮތުން ހިފެހެއްޓުން ހިމެނެއެވެ.

ރާއްޖޭގައި ފިޔަވަޅުތައް ވަރުގަދަކުރީ ކޮވިޑް-19 އަށް ޕޮޒިޓިވް ވާ އަދަދު އިތުރުވު ރާއްޖޭގެ ހާލަތު ގޯސްވަމުންދާތީއެވެ. އެގޮތުން ދުވާލަކު 500 އަށްވުރެ ގިނަ މީހުން ދަނީ ޕޮޒިޓިވް ވަމުންނެވެ. މީގެ ތެރޭގައި މާލޭގެ އިތުރުން އަތޮޅު ތެރޭގެ ގިނަ ރަށްރަށުން ޕޮޒިޓިވް ކޭސްތައް މިހާރުވަނީ ފެނިފައެވެ. މީގެ ތެރޭގައި އާބާދީ ބޮޑެތި ކުޅުދުއްފުޓާއި ތިނަދޫ އަދި އައްޑޫ ސިޓީ ހިމެނެއެވެ.

ހިޔާލު


ގުޅުންހުރި