ރާއްޖެސަރުކާރު

އެންމެ ފަހުން ދޫކުރި ފާސްތައް ބޭނުން ކުރެވޭނެ

05/05/2021

Admin

ފުލުހުން މަގުމަތި ބަލަހައްޓަނީ - ފޮޓޯ: ފުލުހުން މީޑިއާ


ޝެއަރ

މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑީގައި, އެންމެ ފަހުން ފުލުހުން ދޫކޮށްފައިވާ ފާސް ބޭނުން ކުރެވޭނެ ކަމަށް ފުލުހުން ބުނެފިއެވެ.

5 މޭ އިން ފެށިގެން 15 މޭގެ ނިޔަލަށް ރޭގަނޑު 12:00 އިން ފެށިގެން 04:00 އަށް މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައިވާތީ އެކަން ފުލުހުން ތަންފީޒުކުރުމަށް ހާއްސަ މަސައްކަތް ތަކެއް ކުރާނެ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުުން އެންމެ ފަހުން ހިންގި ކާފިއުގައި ބޭނުން ކުރި ދާއިމީ ފާސްތައް ބޭނުން ކުރެވޭނެ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ވެހިކަލް މަނާ ގަޑީގައި ކުރިންވެސް ބޭނުން ކުރަމުން ދިޔަ ފުލުހުންގެ ޕޯޓަލް (police.gov.mv/permit) މެދުވެރިކޮށް ހުއްދަ ލިބޭނެ ކަމަށް ފުލުހުން ބުނެއެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. އިއްޔެ އެކަނިވެސް 601 މީހުން ޕޮޒިޓިވްވެފައިވެއެވެ. މިއާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފައެވެ. 5 މޭ އިން 15 މޭގެ ނިޔަލަށް މާލޭ ސަރަހައްދުގެ ސަރުކާރު އޮފީސްތައް ބަންދުކޮށް ނަމާދުކުރުމުގައި ގައިދުކުރުކަން ބެހެއްޓުމަށްވަނީ އަންގާފައެވެ. އަދި ރަށްރަށަށް ދަތުރުކުރުން މަނާކޮށް, ޒަރޫރީ ބޭނުންތަކުގައި ދާ މީހުން 10 ދުވަހަށް ކަރަންޓީންވާން ޖެހޭގޮތަށް އުސޫލުވަނީ ބަދަލުކޮށްފައެވެ.

ހިޔާލު


ގުޅުންހުރި