ރާއްޖެސަރުކާރު

ފިޝަރީޒަށް ޑރ. ހުސެއިން, އެންވައިރޮންމަންޓަށް ޝައުނާ

05/05/2021

Admin


ޝެއަރ

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މަގާމަށް ޑރ. ހުސެއިން ރަޝީދު ހަސަން އަދި އަލަށް އުފެއްދެވި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަގާމަށް، އާމިނަތު ޝައުނާ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އެންވަޔަރަންމަންޓް މިނިސްޓަރުގެ މިޤާމުގައި ހުންނެވި ޑރ. ހުސެއިން ފިޝަރީޒްއަށް ބަދަލު ކުރެއްވިއިރު, ފިޝަރީޒް މިނިސްޓަރުގެ މަޤާމުގައި ހުންނެވި ޒަހާ ވަހީދު އިސްތިއުފާ ދެއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ. ޒަހާ އިސްތިއުފާ ދެއްވިކަން ރައީސް އޮފީހުން ހާމަކުރީ މިއަދު ޑރ. ހުސެއިން އެ މަޤާމަށް އައްޔަނު ކުރެއްވުމަށް ފަހުގައެވެ. އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ޒަހާ މަޤާމުން ވަކިކޮށް ރައީސް އޮފީހަށް ބަދަލުކުރީއެވެ.

ކެބިނެޓަށް ގެނައި ބަދަލުތަކުގެ ތެރެއިން ޓެކްނޮލޮޖީ މިނިސްޓްރީ އުވާލާ، އެ މިނިސްޓްރީގެ މަސައްކަތްތައް ވަނީ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ދަށަށް ބަދަލު ކުރައްވާފައެވެ. އެގޮތުން އަލަށް އުފެއްދި މިނިސްޓްރީއަކީ މިނިސްޓްރީ އޮފް އެންވަޔަރްމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އެވެ. އަލަށް އުފެއްދެވި ވުޒާރާގެ ވަޒީރަކަށް އައްޔަންކުރެއްވީ, ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާއެވެ.

ޝައުނާއަކީ ތިމާވެށީގެ ދާއިރާއިން މަތީ ތަޢުލީމް ހާސިލްކޮށްފައިވާ ބޭފުޅެކެވެ. އެމްޑީޕީއާއި ރައީސް ނަޝީދުގެ ވެރިކަމުގައިވެސް ރައީސް އޮފީހުގައި މަސައްކަތް ކުރެއްވިއެވެ. އަދި އޭރު ރައީސް ނަޝީދުގެ މީޑިއާ އެޑުވައިޒަރ އިނގިރޭސިވިލާތުގެ ޕޯލް ރޮބަޓްސްއާ ދެ ބޭފުޅުން އަމިއްލަ ކުންފުންޏެއް އުފައްދަވާ ސަރުކާރާއި އަމިއްލަ ޖަމިއްޔާތަކަށް ކޮންސަލްޓެންސީ މަސައްކަތް ކޮށްދެއްވިއެވެ. ރައީސް އޮފީހުން ހިއްސާ ކޮށްފައިވާ ޝައުނާގެ މަޢުލޫމާތުގައި ވާ ގޮތުން އެކުންފުނީގައި ޝައުނާ މަސައްކަތް ކުރެއްވީ 2016 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރަށެވެ.

ރައީސް ނަޝީދުގެ ދައުރުގައި ތިމާވެއްޓާ ގުޅުންހުރި ކަންކަން ނިންމެވުމުގައި އިސްކޮށް މަސައްކަތް ކުރެއްވިއެވެ. އެގޮތުން އޭރު އަމަނިކުފާނު ކުރިއަށް ގެންދެވި ތިމާވެށީ މައްސަލަ ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ކުރެއްވި މަސައްކަތުގައި ޕޯލް ރޮބަޓްސްއާ އެކު ޝައުނާ ގާތުން މަސައްކަތް ކުރައްވާފައިވެއެވެ. ސްޓޭޓް މިިނިސްޓަރ ފެންވަރުގައި މި ސަރުކާރުން ޝައުނާ ޕޮލިސީ ސެކްރެޓަރީގެ މަޤާމަށް އައްޔަނުކުރީ 2018 ވަނަ އަހަރުގައެވެ.

ހިޔާލު


ގުޅުންހުރި