ރާއްޖެސަރުކާރު

މާލޭ ސަރަހައްދުގައި ކާފިއު އިއުލާން ކުރަނީ

06/05/2021

Admin


ޝެއަރ

މާދަމާ (6 މޭ 2021) ވަނަ ދުވަހުގެ ރޭގަނޑު 09:00 އިން ފެށިގެން ފަތިހު 04:00 އަށް މާލޭ ސަރަހައްދުގައި ކާފިއު ހިންގުމަށް ނިންމައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ, އެޗްޕީއޭއިން ބުނީ ކާއިފު ހިންގުމަށް ނިންމާފައިވަނީ މާލޭ ސަރަހައްދު (މާލެ, ވިލިމާލެ އަދި ހުޅުމާލެ) ގައި ރޭގަނޑު 9 އިން ފަތިހު 4 އަށެވެ. ކާފިއު ގަޑީގައި ހިނގާބިނގާވެ އުޅުމާއި އެއްގަމު އުޅަނދު ދުއްވުން މަނާ ވާނެއެވެ. ޒަރޫރީ ބޭނުންތަކަށާއި ޑެލިވަރީ ކުރުމަށް ބޭނުންވާ ފާސް ފުލުހުން ދޫކުރަމުން ދާނެކަމަށް އެޗްޕީއޭއިން ބުނެއެވެ.

މާލޭ ސަރަހައްދުގައި ކާފިއު އިއުލާން މިކުރީ, ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ އަދަދު އިންތިހާއަށް އިތުރުވެ, ރާއްޖޭގެ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުން ދާތީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުންނެވެ. ރާއްޖެއިން މިއަދު އެކަނިވެސް 734 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި މާލޭ ސަރަހައްދުން ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 500 އަށްވުރެ މަތީގައެވެ.

ކާފިއު ހިންގުމުގެ އިތުރުން މާލޭ ސަރަހައްދުގެ ސަރުކާރުގެ އޮފީސްތަކާއި ސްކޫލުތައްވެސް ވަނީ ބަންދުކޮށްފައެވެ. އަދި މިސްކިތްތަކުގައި ގައިދުރުކޮށް ނަމާދުކުރުމަށް އިސްލާމިކް މިނިސްޓްރީންވަނީ އަންގާފައެވެ. މީގެ އިތުރުންވެސް, ކުޅިވަރު ކުޅޭ ތަންތަން ބަންދުކޮށް މުބާރާތްތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ.

ހިޔާލު


ގުޅުންހުރި