ރާއްޖެސަރުކާރު

ކާފިއު ގަޑީގައި ފައިމަގުގައި ނަމާދަށް ދެވޭނެ

06/05/2021

Admin


ޝެއަރ

މިރޭ މާލޭ ސަރަހައްދުގައި ތަންފީޒު ކުރަންފަށާ ކާފިއު ގަޑީގައި ފައިމަގުގައި ދަނމު ނަމާދަށް މިސްކިތަށް ދެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ކާފިއު އިއުލާން ކޮށްފައިވަނީ މިރޭ 09:00 އިން ފެށިގެން 04:00 އަށް މާލެ ސަރަހައްދުގައެވެ. ކާފިއު ގަޑީގައި އެއްގަމު އުޅަނދު ދުއްވުމާއި ފައިމަގުގައިވެސް އުޅުން މަނާވާނެވެ.

ނަމަވެސް ދަނމު ނަމާދަށް މިސްކިތަށް ފައިމަގުގައި ދެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީ ބުންޏެއެވެ. މިނިސްޓްރީން މިގޮތަށް ނިންމެވީ ކާފިއު ގަޑި ދަނމު ނަމާދު ގަޑިއާ ދިމާވެ, ދަނމު ނަމާދަށް ދާން ބޭނުންވާ މީހުންނަށް މިސްކިތަށް ނުދެވޭނެތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންދާތީއެވެ.

މާލޭގައި ކާފިއު އިއުލާންކުރީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ އަދަދު އިންތިޙާއަށް އިތުރުވެ ހާލަތު ގޯސްވަމުން ދާތީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުންނެވެ. ކާފިއު ހިންގުމުގެ އިތުރުން, އިތުރު 8 ފަވަޅެއްވެސް ސަރުކާރުން ދަނީ ތަންޒީރު ކުރަމުންނެވެ. އެގޮތުން މާލޭ ސަރަހައްދުގެ ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތަކާއި ޖިމާއި ސެލޫން ފަދަ ތަންތަންވަނީ ބަންދުކޮށްފައެވެ.

ހިޔާލު


ގުޅުންހުރި