ރާއްޖެސަރުކާރު

ހަމަލާގައި ސިފައިންގެ ބައިވެރިވުމެއް ނެތް - ޝަމާލް

07/05/2021

Admin


ޝެއަރ

ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން ދިން ހަމަލާގަައި ސިފައިންގެ ބައިވެރިވުމެއް ނެތް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުالله ޝަމާލް ވިދާޅުވެއްޖެއެވެ.

ހަމަލާ ދިންތާ 24 ގަޑިއިރު ފަހުން މިރޭ އެމްއެންޑީއެފް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމާލް ވިދާޅުވީ, ހަމަލާގައި ސިފައިންގެ އަތެއް ނެތްކަމަށާއި އެ ހާލަތުގައި ސިފައިން ހަރަކާތްތެރިވީ ވަރަށް ރަނގަޅަށް, ޕްރޮޓޯކޯލްއާ އެއްގޮތަށް ކަމަށެވެ. އަދި ރައީސް ނަޝީދުއަށް ހަމަލާ ދިނުމުގައި ބޭނުން ކޮށްފައިވަނީ އަސްކަރީ ފެންވަރުގެ އައިއީޑީއެއް ނޫންކަމަށެވެ.

ޝަމާލް މިހެން ވިދާޅުވި އިރު, ރައީސް ނަޝީދުއަށް ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ދަރިކަނބަލުންނާއި އައިލާގެ ބައެއް ބޭފުޅުންވަނީ އެހަމަލާއަކީ އެތެރެއިން ދީފައިވާ ހަމަލާއެއްގެ ގޮތުގައި ސިފަކޮށްފައެވެ. ނަމަވެސް އެބޭފުޅުން އެހެން ވިދާޅުވި ސަބަބެއް ސާފެއް ނުވެއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރ މާރިއާ އަހްމަދު ދީދީ ބައިވެރިވެވަޑައިގެން ވިދާޅުވީ, ސިފައިން މަސައްކަތް ކޮށްފައިވަނީ ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށާއި އެ ބޭފުޅުންނަށް ތަޢުރީފު ކުރައްވާކަމަށެވެ. ނަމަވެސް ހަމަލާ ދެވުނީ އިންޓެލިޖެންސާއި ސިފައިންގެ އިހުމާލުން ކަމަށް ދެކެވަޑައިގަންނަވާތޯ ނޫސްވެރިއަކު ކުރެއްވި ސުވާލަށް ސީދާ ޖަވާބު ނުދެއްވާ މާރިއާ ވިދާޅުވީ އިންޓެލިޖެންސް މައުލޫމަތު އަބަދުވެސް ލިބޭ ކަމަށެވެ.

ރައީސް ނަޝީދު އަވަހާރަ ކޮށްލުމަށް ރޭ ދިން ޓެރަރިސްޓު ހަމަލާއަށްފަހު އެމަނިކުފާނަށް މިހާރު ދަނީ އޭޑީކޭގައި ފަރުވާ ދެމުންނެވެ. މުހިއްމު ހަތަރު އޮޕަރޭޝަނަކަށްފަހު މިހާރު އެމަނިކުފާނު އޮންނެވީ އޭޑީކޭ އައިސީޔޫގައެވެ. އަދި ހާލު ސޭޓޭބަލް ކަމަށް އަރިސް ބޭފުޅަކު ވިދާޅުވިއެވެ.

ރޭ އޭޑީކޭ ސަރަހައްދަށް އެއްވި ބައެއް އެމްޑީޕީގެ ސަޕޯޓަރުންވަނީ ޑިފެންސް މިނިސްޓަރ މާރިއާއާއި ޗީފް އޮފް ޑިފެންސް ފޯސް އަބްދުالله ޝަމާލް ގެ އިސްތިއުފާއަށް ގޮވާފައެވެ. އަދި ސޯޝަލް މީޑިއާގައިވެސް އެމީހުންދަނީ އެމްއެންޑީއެފްއާއި މިިސްޓަރަށް ފާޑު ކިޔަމުންނެވެ.

ހިޔާލު


ގުޅުންހުރި