ރާއްޖެސަރުކާރު

މާލޭ ސަރަހައްދުގެ ކާފިއުގެ ވަގުތު އިތުރުކޮށްފި

11/05/2021

Admin


ޝެއަރ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅަމުންދާ ފިޔަވަޅު ތަކުގެ ތެރެއިން މާލޭ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ކާފިއުގެ ވަގުތު އިތުރު ކޮށްފިއެވެ.

އެޗްޕީއޭއިން ވަނީ މަދާމާ އިން ފެށިގެން ހަވީރު 4 އިން ފަތިހު 4 އަށް ބޭރަށް ނިކުމެ އުޅުން މަނާކޮށްފައެވެ. އަދި މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުންވެސް ހުއްޓާލުމަށް އަންގާފައެވެ. މީގެ އިތުރުން ކެފޭ ރެސްޓޯރަންޓުތައް ބަންދުކޮށް, ހަމައެކަނި ޑެލިވަރީގެ ޚިދުމަތް ދިނުމަށްވަނީ އަންގާފައެވެ.

ގައިޑްލައިނާ ހިލާފުވާ ފަރާތްތައް ޖޫރީމައިނާ ކުރުމުގެ އިތުރުން, ގައިޑްލައިނާ ޚިލާފުވާ ވިޔަފާރިތައް 24 ގަޑިއިރަށް ބަނދު ކުރާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޑް-19ގެ ހާލަތު ރާއްޖޭގައި ގޯސްވެ ޕޮޒިޓިވްވާ އަދަދު ވަނީ އިންތިހާއަށް މަތިވެފައެވެ. އިއްޔެ އެކަނިވެސް 700 ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ދޭ މީހުންގެ އަދަދު އިތުރުވެ ހޮސްޕިޓަލުގެ އައިސޫވަނީ ފުރިފައެވެ. އެންމެފަހުން އެޗްޕީއޭއިން ވިދާޅުވީ އައިސީޔޫގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން 60 އިންސައްތަ މީހުންނަކީ ވެކްސިންގ ނުޖަހާ ޒުވާނުން ކަމަށެވެ.

ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުން ކޮވިޑްގެ ޕޮޒިޓިވް ކޭސްތައް ވަނީ ފެނިފައެވެ. އެގޮތުން ބައެއް ބޮޑެތި ރަށްރަށުގައިވެސް ދަނީ ކާފިއު ހިންގާ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ.

ހިޔާލު


ގުޅުންހުރި