ރާއްޖެރައްޔިތުންގެ މަޖިލިސް

ރައީސް ނަޝީދު އިތުރު ފަރުވާއަށް ޖަރުމަނަށް ފުރާވަޑައިގެންފި

13/05/2021

Admin


ޝެއަރ

ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު އިތުރު ފަރުވާއަށް މިއަދު ޖަރުމަނަށް ގެންގޮށްސިއެވެ.

މިއަދު ހެނދުނު 11ޖަހާކަންހާއިރު އެމަނިކުފާނު އެއަޕޯޓަށް ގެންދެވީ ވަރަށް ވަރުގަދަ ސަލާމަތި ފިޔަވަޅުތަކާއެކު އޭޑީކޭ ހޮސްޕިޓަލުގެ އެންބިއުލާންސްގައެވެ. އަދި ޖަރުމަނަށް ފުރާވަޑައިގަތީ ޕްރައިވެޓް ޖެޓެއްގައެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން 6 މޭ ގައި ދިން ބޮމުގެ ހަަމަލާގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އަދިވެސް ދަނީ ފަރުވާ ދެމުންނެވެ. އޭޑީކޭ ހޮސްޕިޓަލުން ވިދާޅުވީ އެމަނިކުފާނުގެ ހަށިކޮޅުގެ ގިނަ ތަންތަނަށް ހަމަލާގެ އަސަރުކޮށް ލޭޒާ ފުއްތައް ވަދެފައިވާ ކަމަށެވެ. 16 ގަޑިއިރުގެ އޮޕަރޭޝަނަކަށްފަހު އެމަނިކުފާނު އައިސީޔޫއަށް ބަދަލުކުރީ 8 މޭ ގައެވެ.

ޖަރުމަނަށްފުރާ ވަޑައިގަތުމުގެ ކުރިން ރޭގައި, އެމަނިކުފާނުގެ އަމިއްލަ އެކައުންޓުން ޓުވީޓުކުރެއްވިއެވެ. ވިދާޅުވީ ދިވެހިން އެދޭފަދަ ހެޔޮވެރިކަމެއް ހޯދައިދިނުމުގައި ދެމި ހުންނަވާނެކަމަށެވެ. އަދި ސިއްޚީ ދާއިރާގެ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގައި އެމަނިކުފާނުގެ އިތުރުން 3 ބޮޑީ ގާޑުންނާއި އިތުރު ދިވެއްސަކާއި އިނގިރޭސި ފަތުރުވެރިއަކަށް އަނިޔާވިއެވެ. ހަމަލާ ދިންކަމުގެ ތުހުމަތުގައި މިހާރު 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ހިޔާލު


ގުޅުންހުރި