ދުނިޔެ

އިޒްރޭލުން ޣައްޒާ ސުންނާފަތި ކުރަނީ

17/05/2021

Admin


ޝެއަރ

އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ވަރު ގަދަ ހަމަލާތަކެެއްދީ އެތައްބަޔަކު ޝަހީދުކޮށްލައިފި އެވެ.

މިހާތަނަށް ވައިގެ މަގުން ގާޒާއަށް ގިނަ ހަމަލާތަކެއް ދީފައިވާއިރު، 200 މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ. މީގެ ތެރޭގައި 58 ކުޑަކުދިން ހިމެނެއެވެ. އިޒްރޭލުންވަނީ ގާޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާނުލާ ކުރިއަށް ގެންދާނެކަން ހާމަކޮށްފައެވެ.

އިޒްރޭލުން ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުން ޝަހީދު ކުރަމުންދާއިރު، އދގެ ސަލާމަތީ މަޖިލީހުން އެކަން ކުއްވެރިކޮށް ނެރެން އުޅުނު ބަޔާންވެސް އެމެރިކާއިންވަނީ ހުއްޓުވާފައެވެ. އަދި އެެމެރިކާއިން ދަނީ އިޒްރޭލަށް ތާއީދުކޮށް، އަމިއްލަ ދިފާއުގައި މަސައްކަތް ކުރުމުގެ އިހުތިޔާރުއޮތް ކަމަށް ބުނަމުންނެވެ.

ރަމަޞާން މަހުގެ 27 ވިލޭރޭ އަލްއަޣްސާ މިސްކިތުގައި ނަމާދަށް ތިބި ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލު ސިފައިން ދޭން ފެށި ހަމަލާތަކާއި ގުޅިގެން އުފެދުނު ހަމަނުޖެހުންތަކުގައި މިހާތަނަށް އެތައްސަތޭކަ ފަލަސްތީނުގެ ރައްޔިތުުން ވަނީ ޝަހީދުވެފައެވެ. ހަމަލާތަކާ ގުޅިގެން ހަމާސް ޖަމާޢަތުންވެސް އަދި ކެނޑިނޭޅި އެތައްސަތޭކަ މިސައިލު ހަމަލާތައް އިޒްރޭލަށް ދެމުންނެވެ. މި ހަމަލާތަކުގައި މިހާތަނަށް 10 އިޒްރޭލު ރައްޔިތުން ވަނީ މަރުވެފައެވެ.

ހިޔާލު


ގުޅުންހުރި