ރާއްޖެ

ދިވެހިން ތިބީ ފަލަސްތީނާއެކުކަން ރަނގަޅަށް ހާމަކޮށްފި

18/05/2021

Admin


ޝެއަރ

އިޒްރޭލުން ޣައްޒާއަށް ބޮންއަޅާ ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް ދިވެހިން ތެދުވެ, ފަލަސްތީނުގެ ރައްޔިތުންނަށް އޮތް ލޯބި ހާމަކޮށްފިއެވެ.

މިއަދު ހަވީރު 4 އިން ފެށިގެން މާލޭގެ ގިނަ ގެތަކުގައި ފަލަސްތީނުގެ ދިދަނަގާ ދިވެހިން ތިބީ ފަލަސްތީނުގެ ރައްޔިތުންނާއެކުކަން ވަނީ ހާމަކޮށްފައެވެ. ކުދިބޮޑު އެންމެން ގެތަކުގެ ބެލްކަނީއަށް ނިކުމެ ފަލަސްތީނުގެ ދިދަ ވިހުރަމުންވަނީ އިޒްރޭލުގެ އަނިޔާވެރިކަމުން ފަލަސްތީނު މިނިވަން ކުރުމަށް ގޮވާލާފައެވެެ.

މިހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހްވެސްވަނީ ބައިވެރިވެވަޑައިގެން ދުނިޔެއަށް ވަރުގަދަ މެސެޖެއް ދެއްވާފައެވެ. ރައީސް ސާލިހް ވަނީ ދިވެހިންތިބީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށް ވިދާޅުވެ ފަލަސްތީނުގެ ދިދަ ޓުވީޓު ކުރައްވާފައެވެ.

ރައީސުލްޖުމްހުރިއްޔާގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި ނައިބު ރާއީސްއާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ވަނީ މި ހަރަކާތުގައި ބައިވެރިވެވަޑައިގެން ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިން ތިބިކަން ހާމަކުރައްވާފައެވެ.

އިޒްރޭލުން ފަލަސްތީނުގ ޣައްޒާއަށް ވަރުގަދަ ހަމަލާތައްދީ ފާއިތުވި 2 ހަފުތާގައި 200 ވުރެ ގިނަ މީހުންވަނީ ޝަހީދުކޮށްލާފައެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

އިޒްރޭލުގެ އުދުވާނާ ދެކޮޅަށް ރާއްޖެއިން ދަނީ ބަސް ބުނަމުންނެވެ. ނަމަވެސް ގިނަ ޤައުމުތަކުން އިޒްރޭލުގެ އުދުވާން ހުއްޓުވުމަށް މަސައްކަތެއް ނުކުރެއެވެ. އަދި އެމެރިކާއިން ވަނީ އިޒްރޭލަށް ތާޢީދުކުރާކަން ހަމަކޮށް, އުދުވާން ކުއްވެރިކޮށް އދ އިން ނެރެން މަސައްކަތް ކުރި ބަޔާންވެސް ހުއްޓުވާފައެވެ.

ހިޔާލު


ގުޅުންހުރި