ރާއްޖެރައްޔިތުންގެ މަޖިލިސް

އީސަ ގެވެށި އަނިޔާކުރި މައްސަލައެއް ޕޮލިހަށް

19/05/2021

Admin


ޝެއަރ

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާގެ އޭނާގެ އަނބިކަނބަލުންނަށް ގެވެށި އަނިޔާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.

އީސަގެ ދެކަނބަލުންގެ އަވައްޓެރިއަކު ބުނީ ދެ މީހުން މައްސަލަ ޖެހި އަނިޔާކުރާ އަޑު ވަރަށް ގަދައަށް އިވުނު ކަމަށެވެ. އަދި އެތަން ފުލުހުންވެސް އަައިސް މައްސަލަ ބެލި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އީސަ ބައެއް މީޑިއާތަކުގައި ވިދާޅުވީ އެފަދަ މައްސަލައެއް ހުށަހެޅި ކަމެއް ނޭނގޭ ކަމަށެވެ.

އިތުރު އަވައްޓެރިއަކު ބުނީ އީސަ ގެވެށި އަނިޔާކުރި ކަމަށް ތުހަމަތު ކުރެވެނީ މަސްތުގެ ހާލަތުގައި ކަމަށެވެ. އަދި އަނިޔާ ކޮށްފައިވަނީ އީސާގެ ދެކަނބަލުންގެ 2 އަހަރުގެ ތުއްތި ދަރިފުޅު ކުރިމަތީގައެވެ. އީސާ އަނިޔާކުރުމުން އީސަގެ އަނބިކަނބަލުން ހޮސްޕިޓަލުން ފަރުވާ ހޯއްދެވި ކަމަށް ވަރަށް އިތުބާރު ހުރި ގޮތަކަށްވަނީ އެނގިފައެވެ. އަދި މައްސަލަ ފުލުހަށް ހުށަހެޅިވެސް އަނބިކަނބަލުންނެވެ.

އީސަ ކައިވެނިބައްލަވައިގެން އުޅުއްވަނީ ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅު އަސްރާ ނަސީމް އާ އެވެ.

ހިޔާލު


ގުޅުންހުރި