ރާއްޖެސަރުކާރު
ރައީސް ނަޝީދަށް ދިން ހަމާލާއާ ގުޅިގެން އިތުރު މީހަކު ހައްޔަރު ކޮށްފި
20/05/2021
Admin
ޝެއަރ
ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅުންހުރި އިތުރު މީހަކު ހައްޔަރުކޮށްފިއެެވެ.
ފުލުހުން ހައްޔަރުކުރީ ލ. ގަން ދުފިނިއުފާ އަޙުމަދު ފާތީޙް (23އ.) އެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ ރޭ ބ. ދަރަވަންދޫގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއް ގައެވެ. މީނާ އަކީ ރާއީސް ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާ ގުޅުން ހުރި މީހެއް ކަމަށް މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ހާމަކޮށްފައެވެ.
ރޭ ފުލުހުން ހައްޔަރުކުރި ފާތިޙް
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް 4 މީހުން ވަނީ ހައްޔަރުކޮށް ފައެވެ. އެއީ ފާތިޙުގެ އިތުރުން ވ. ތިނަދޫ ހިޔާ އަދުހަމް އަހުމަދު ރަޝީދު (25އ.) އާއި މއ. ފޭރުގެ, މުޖާޒް އަހުމަދު (21އ.) އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީނު އަހުމަދު (32އ.) އެވެ. މި ހަމަލާއަށް ފަހު ފުލުހުން ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަންގައި އިތުރު މީހަކު ވަނީ ހައްޔަރުކޮށް ފައެވެ. އެއީ އަބްދުالله އަލިމަނިކު (49އ.) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ހަރުކަށި ފިކުރު ފަތުރާ, ޓެރަރިސްޓު ހަމަލާއެއް ރާވަމުންދާ ކަމުގެ ތުހުމަތުގައެވެ. އަލިމަނިކު އަކީ 2007 ވަނަ އަހަރު ހިމަންދޫގައި ވަކި ޖަމާޢާތް ހަދައިގެން އުޅުނު މީހުންގެ ތެރޭގައި އިސްކޮށް އުޅުނު މީހެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން ދިން ހަމަލާގައި އެމަނިކުފާނު ވަރަށް ބޮޑަށް ޒަހަމްވިއެވެ. ޒަހަމްތަކަށް އޭޑީކޭއިން ފަރުވާ ހޯއްދެވުމަށްފަހު މިހާރު ދަނީ ޖަރުމަންވިލާތުގައި ފަރުވާ ހޯދަމުންނެވެ.
ހިޔާލު
ގުޅުންހުރި