ރާއްޖެރައްޔިތުންގެ މަޖިލިސް

އީސަ ކޮމިޓީގެ މުޤައްރިރު ކަމުން އިސްތިއުފާ ދެއްވައިފި

20/05/2021

Admin

ކެނދިކުޅުދޫ ދާއިރާގެ މެންބަރު އީސަ މިއަދު ވަނީ ކޮމިޓީ މުޤައްރިރު ކަމުން އިސްތިއުފާ ދެއްވާފަ


ޝެއަރ

ގެވެށި އަނިޔާގެ މައްސަލަ ފުލުހުން ތަހުޤީޤު ކުރަމުންދާތީ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުޤައްރިރު ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ މުޤައްރިރު ކަމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

މެންބަރު އީސަގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވަނީ ގެވެށިއަނިޔާގެ ތުހުމަތުކޮށް ފުލުހުން އެކަން ބަލަމުންދާތީ މުއައްސަސާތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން މުޤައްރިރު ކަމުން އިސްތިއުފާ ދެއްވީ ކަމަށެވެ. އޭނާގެ އިސްތިއުފާގެ ސިޓީ މަޖިލީހަށް ލިބިފައިވާކަން މަޖިލީހުގެ އިދާރާއިން ކަށަވަރު ކޮށްދެއްވިއެވެ.

އީސާ އިސްތިއުފާ ދިފައިމިވަނީ އޭނާ މުޤައްރިރު ކަމުން ވަކިކުރުމަށް ކޮމިޓީ ބައްދަލުވުމެއް އެޖެންޑާކޮށް, ކޯރަމް ހަމަނުވެގެން ވަކި ނުކުރެވޭނިސްއެވެ. ކޮމިޓީގެ ނައިބު މުޤައްރިރު ފިރުޝާން ވިދާޅުވީ އީސަ ކޮމިޓީން ވަކިނުކުރެވުމަކީ ލަދުވެތި ކަމެއް ކަމަށެވެ. ނަމަވެސް އެ ކޮމިޓީއަށް ހާޒިރުނުވެވުނު ބައެއް މެންބަރުން ވިދާޅުވީ, ކޮމިޓީގެ ބައްދަލުވުމަށް މެސެޖުު ލިބުނީ ކޮމިޓީ ފެށެން 15 މިނެޓަށް ވީފަހުން ކަމަށާއި އެ ވަގުތު އެ ބޭފުޅުން ތިބީ ބައްދަލުވުމެއްގައި ކަމަށެވެ.

އީސާގެ މައްޗަށް ކުރެވެނީ އޭނާގެ އަނބިކަނބަލުންނަށް އަނިޔާކޮށް 2 އަހަރުގެ ތުއްތު ދަރިފުޅު ބެލްކަނީން އެއްލާލަން އުޅުމުގެ ތުހުމަތެވެ. އަދި އަނބިކަނބަލުންނަށް އަނިޔާކުރާ އަޑު އިވިގެން އަވައްޓެރިން ފުލުހުންނަށް ގުޅާ ފުލުހުން ގޮސް އަނބިކަނބަލުން ޑޮކްޓަރަށް ދެއްކި ކަމަށް އަވައްޓެރިއަކު ކިޔައިދިނެވެ. އީސަގެ އަނބިކަނބަލުން މިއަދު ވަނީ ފުލުުހުންނަށް ބަޔާންވެސް ދެއްވާފައެވެ.

މެންބަރު އީސާ ކައިވެނިބައްލަވައިގެން އުޅުއްވަނީ ނައިބު ރައީސްގެ ކޮއްކޯފުޅު އަސްރާ ނަސީމްއާއެވެ.

ހިޔާލު


ގުޅުންހުރި