ވިޔަފާރި

ދިރާގުގެ ފައިދާ ބޮޑުތަނުން ދަށަށް

20/05/2021

Admin


ޝެއަރ

ރާއްޖޭގެ މުވާސަލާތީ އެންމެ ބޮޑު ކުންފުނި ދިރާގު ގެ 2020 ވަނަ އަހަރުގެ ފައިދާ ވަރަށް ބޮޑު ތަނުން ދަށްވެއްޖެއެވެ.

މިދިޔަ އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު ޓެކްސް އުނިކުރުމަށްފަހު ފައިދާގެ ގޮތުގައި ލިިބިފައިވަނީ 732 މިލިއަން ރުފިޔާއެވެ. މިއީ 2019 ވަނަ އަހަރުގެ ސާފު ފައިދާއާ އަޅާކިޔާއިރު 22.2 އިންސައްތަ ދަށްވުމެކެވެ.

ދިރާގު ގެ ސާފު ފައިދާ މިހާ ބޮޑަށް ދަށްވީ ކޮވިޑުގެ ސަބަބުން ކަމަށް އެކުންފުނިން ބުނެއެވެ. ކޮވިޑުގެ ސަބަބުން ދިރާގުން ކުރާ ހުރިހާ ވިޔަފާރި އަކަށް މާލީ ބޮޑެތި އަސަރުކޮށްފައިވެއެވެ. ޚާއްސަކޮށް ދުނިޔޭގެ ބޯޑަރުތައް ބަންދުކުރުމުގެ ސަބަބުން ފަތުރުވެރި ކަމުގެ ދާއިރާއަށް ހީނަރުކަން ދިރާގުގެ ވިޔަފާރިތަކަށްވެސް ވަނީ ކޮށްފައެވެ.

ދިރާގުން ވަނީ މިއަދު އޮންލައިންކޮށް ކުންފުނީ އާހަރީ އާންމު ޖަލްސާ ބާއްވާފައެވެ. އަދި މާލީ ހާލަތަށް އައިބަދަލާ ގުޅިގެން ޑިރެކްޓަރުންގެ ބޯޑުން ވަނީ ހިއްސާއަކަށް 5.16 ފައިނަލް ޑިވިޑެންޓާއި 2020 ވަނަ އަހަރުގެ ކުރީކޮޅު އިއުލާން ކޮށްފައިވާ ހިއްސާ އަކަށް 2.07 ރުފިޔާގެ އިންޓަރިމް ޑިވިޑެންޓް ބެހުމަށެވެ.

ހިޔާލު


ގުޅުންހުރި