ރާއްޖެރައްޔިތުންގެ މަޖިލިސް

އީސަ ހައްޔަރު ކުރުމުގެ އަމުރެއް ނުދިން

20/05/2021

Admin


ޝެއަރ

ގެވެށިއަނިޔާ ކުރިކަމުގެ ތުހުމަތުގައި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ހައްޔަރު ކުރުމަށް ޕޮރެސެކިއުޓަރ ޖެނެރަލް, ޕީޖީން ކްރިމިނަލް ކޯޓުގައި އެދުމުން އެފަދަ އަމުރެއް ނެރެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

މެންބަރު އީސަގެ މައްޗަށް ކުރަނީ އޭނާގެ އަނބިކަނބަލުން އަސްރާ ނަސީމްއަށް ގެވެށި އަނިޔާކޮށް, 2 އަހަރުގެ ތުއްތު ދަރިފުޅު ބެލްކަނީން އެއްލާލަން އުޅުނުކަމުގެ ތުހުމަތެވެ. މި މައްސަލައިގަ އަސްރާ ވަނީ ފުލުހުންނަށް ބަޔާންވެސް ދީފައެވެ. އަދި ފުލުހުންގެ އެދުމުގެ މަތިން ޕީޖީން ވަނީ އީސަ ހައްޔަރު ކުރުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ އިމްތިޔާޒު ތަކާއިބެހޭ ޤާނޫނުގައި ބުނެފައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހައްޔަރު ކުރެވޭނީ ކުށެއް ކުރަނިކޮށް ފެނިގެންނެވެ. އެނޫން ހާލަތެއްގައި ޖިނާއީ ތަހުގީގަކަށް ހައްޔަރު ކުރެވޭނީ ސުޕީރިއަރ ނުވަތަ އެއަށްވުރެ މަތީ ކޯޓެއްގެ ކޯޓު އަމުރެއް އޮވެގެންނެނެވެ. އަދި ޖިނާއީ ކުށެއް ކުރަނިކޮށް ފެނިގެން ހައްޔަރު ކުރިޔަސް އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް އަންގަންޖެހެއެވެ.

އީސާގެ މައްޗަށް ކުރެވެނީ އޭނާގެ އަނބިކަނބަލުންނަށް އަނިޔާކޮށް 2 އަހަރުގެ ތުއްތު ދަރިފުޅު ބެލްކަނީން އެއްލާލަން އުޅުމުގެ ތުހުމަތެވެ. އަދި އަނބިކަނބަލުންނަށް އަނިޔާކުރާ އަޑު އިވިގެން އަވައްޓެރިން ފުލުހުންނަށް ގުޅާ ފުލުހުން ގޮސް އަނބިކަނބަލުން ޑޮކްޓަރަށް ދެއްކި ކަމަށް އަވައްޓެރިއަކު ކިޔައިދިނެވެ. އީސަގެ އަނބިކަނބަލުން މިއަދު ވަނީ ފުލުުހުންނަށް ބަޔާންވެސް ދެއްވާފައެވެ.

މިކަމާ ގުޅިގެން އީސަ މަސައްކަތް ކުރައްވާ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން އޭނާ ވަކިކުރަން މަސައްކަތް ކުރަމުންދަނިކޮށް އީސަ ވަނީ އިސްތިއުފާ ދެއްވާފައެވެ. އިސްތިއުފާގެ ސިޓިގައި އޭނާ ވިދާޅުވީ ރާއްޖޭގެ ޤާނޫނާއި ޤަވާއިދުތަކާ ޚިލާފު އެއްވެސް ކަމެއް ނުކުރާކަމަށެވެ.

މެންބަރު އީސާ ކައިވެނިބައްލަވައިގެން އުޅުއްވަނީ ނައިބު ރައީސްގެ ކޮއްކޯފުޅު އަސްރާ ނަސީމްއާއެވެ.

ހިޔާލު


ގުޅުންހުރި