ދުނިޔެ

އިޒްރޭލާއި ހަމާސްއިން ހަމަލާ ބަދަލުކުރުން ހުއްޓާލައިފި

21/05/2021

Admin


ޝެއަރ

އިޒްރޭލާއި ފަލަސްތީނުގެ ހަމާސް ޖަމާއަތުން ދެމުން ދިޔަ ހަމަލާތައް ހުއްޓާލައިފިއެވެ.

11 ދުވަހުގެ ހަނގުރާމައަށް ފަހު ދެ ފަރާތުންވެސް ވަނީ ހަމަލާތައް ދިނުން ހުއްޓާލަން އެއްބަސްވެފައެވެ. މިސްރު މެދުވެރިއެއްގެ ގޮތުގައި މަސައްކަތްކޮށް އިޒްރޭލާއި ހަމާސް ޖަމާޢަތާ ދެމެދު އެއްބަސްވުމަކަށް އައީ ހުކުރު ދުވަހުގެ ދަންވަރު 12 އިން ފެށިގެން ހަަމަލާތައް ހުއްޓާލުމަށެވެ.

ފާއިތުވި 11 ދުވަހު އިޒްރޭލުން ފަލަސްތީނަށް ދިން ވައިގެ ހަމަލާތަކުގައި 232 މީހުން ވަނީ ޝަހީދު ކޮށްލާފައެެވެ. މީގެ ތެރޭގައި 65 ކުޑަކުދީންނާއި 35 އަންހެނުން ހިމެނެއެވެ. އަދި ހަމާސް ޖަމާއަތުން އިޒުރޭލަށް ދިން ރޮކެޓު ހަމަލާތަކުގައި އިޒްރޭލުގެ 12 މީހުންވަނީ މަރާލާފައެވެ.

ފަލަސްތީނާއި އިޒްރޭލުން ހަމަލާތައް ބަދަލުކުރަން ފެށީ މިމަހުގެ 10 ވަނަ ދުވަހު އަލް އަޤްސާ މިސްކިތުގައި ނަމާދަށް ތިބި އާންމު ރައްޔިތުންނަށް އިޒްރޭލު ސިފައިން ހަމަލާދިނުމާ ގުޅިގެންނެވެެ. އަދި ފަލަސްތީނުގެ ޣައްޒާގެ ބޭރުން ޝައިޙް ޖައްރާގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުން ގެދޮރުން ބޭރުކޮށް އިޒުރޭލުން ހިންގި ލާއިންސާނީ އަމަލުތަކާއި ގުޅިގެންނެވެ.

ހިޔާލު


ގުޅުންހުރި