ރާއްޖެސަރުކާރު

ޣައްޒާއަކީ ދުނިޔޭގެ އެންމެ ބޮޑު ޖަލު, ރައްކާތެރިކަމެއް ނެތް

20/05/2021

Admin

އދގެ އާންމު މަޖިލީހުގައި ފޮރިން މިނިސްޓަރ ޝާހިދު ވާހަކަ ދައްކަވަނީ


ޝެއަރ

ފަލަސްތީނުގެ ޣައްޒާއަކީ ދުނިޔޭގެ އެންމެ ބޮޑު 'އޯޕަން' ޖަލު ކަމަށާއި އެތަނުގައި އެއްވެސް ރައްކާތެރި ކަމެއް ނެތް ކަމަށް ފޮރިން މިނިސްޓަރ ޢަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ ފަލަސްތީނުގެ މައްސަލައިގައި ކުރިއަށް ގެންދިޔަ އދގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި މިރޭ ވާހަކަ ދައްކަވަމުންނެވެ. ފޮރިން މިނިސްޓަރ ވިދާޅުވީ ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ އުދުވާން ބަލައި ނުގަނެވޭނެ ކަމަށާއި ދިވެހިރާއްޖެއިން އެކަން ކުއްވެރިކުރާ ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިން ތިބިކަން ޝާހިދު ތަކުރާރު ކުރެއްވިއެވެ.

ފޮރިން މިިިނިސްޓަރގެ ވާހަކަފުޅުގައި އިޒްރޭލުން ފަލަސްތީނުގެ މައުސޫމު ކުޑަކުދިން ޝަހީދު ކުރަމުންދާކަން ފާހަގަކޮށް ފަލަސްތީނުގެ ކުޑަކުދިންގެ ހައްޤު ރައްކާތެރިކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމައުއިން މަސައްކަތް ކުރުމަށް ގޮވާލެއްވިއެވެ. އަދި އދގެ އާންމު މަޖިލީހުން ދުނިޔޭގެ ކުޑަކުދިންގެ ހާއްޤުތައް ރައްކާތެރިކުރުމަށް ގޮވާލާ ކުރަމުންދާ މަސައްކަތުގައި ފަލަސްތީނުގެ ކުޑަަކުދީންގެ ހައްޤުތައްވެސް ހިމެނޭކަން ހަދާންކޮށްދިނެެވެ.

ފަލަސްތީނުގެ މައްސަލައިގަ މިރޭ ބޭއްވި އދގެ އާންމު މަޖިލީހުގައި ގިނަ ޤައުމުތަކުގެ ވަޒީރުން ބައިވެރިވެވަޑައިގެން, އިޒްރޭލުން ހިންގަމުންދާ އުދުވާން ކުއްވެރިކޮށް ފަލަސްތީނުގެ ރައްޔިތުން ހިމާޔަތް ކުރުމަށް ގޮވާލިއެވެ. އދގެ އާންމު ބައްދަލުވުމެއް ބާއްވާފައި މިވަނީ ފަލަސްތީނުގެ މައްސަލައިގަ އދގެ ސަލާމަތީ މަޖިލީހުން ކުރަމުންދިޔަ މަސައްކަތް އެމެރީކާއިން ހުއްޓުވާފައިވަނި ކޮށެވެ.

ހިޔާލު


ގުޅުންހުރި