ރާއްޖެއިދިކޮޅު

ޢަބްދުއްރަޙީމްގެ ދެކަނބަލުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

21/05/2021

Admin


ޝެއަރ

އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް ޢަބްދުއްރަޙީމް ޢަބްދުاللهއާއި އޭނާގެ އަނބިކަބަލުން ދިޔާނާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ޢަބްދުއްރަޙީމް ގެ ދެކަނބަލުން ޕޮޒިޓިވް ވީކަން އެނގުނީ ރޭގެ ވަގުތެއްގަ އެވެ. ޕޮޒިޓިވް ވުމާއެކު ދެ ބޭފުޅުންވެސް ވަނީ ގޭގައި އެކަހެރިވެވަޑައިގެންފައެވެ. ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ޢަބްދުއްރަޙީމްއާއި ދިޔާނާގެ ހާލު ރަނގަޅު ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެ, ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މީހުންގެ އަދަދުވެސް އިންތިހާއަށް އިތުރުވެފައެވެ. ކޮވިޑް ކޮންޓްރޯލް ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ އިރު އަދި އެއްވެސް ވަރަކަށް ބަލި ކޮންޓްރޯލް ކުރެވޭ ތަނެއް ނުފެނެެއެވެ. ފާއިތުވި 24 ގަޑިއިރު ޕޮޒިޓިވް ވި މީހުންގެ އަދަދުވަނީ 2000 ހަށްވުރެ މައްޗަށް އަރާފައެވެ.

ކޮވިޑް ބަލީގައި މިއަދު އެކަނިވެސް 6 މީހުން މަރުވެފައިވާއިރު, މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 118 އަށް އަރަފައެވެ.

ހިޔާލު


ގުޅުންހުރި