ރާއްޖެރައްޔިތުންގެ މަޖިލިސް

ރައީސް ނަޝީދު ހޮސްޕިޓަލުން ދޫކޮށްލައިފި

21/05/2021

Admin


ޝެއަރ

ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާގައި ލިބުނު ޒަޙަމްތަކަށް ފަރުވާ ހޯއްދެވުމަށްފަހު ޖަރުމަންވިލާތުގެ ހޮސްޕިޓަލުން މިއަދު ދޫކޮށްލައިިފިއެވެ.

ރާއީސް ނަޝީދު ޖަރުމަނަށް ވަޑައިގަތީ އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށްފަހުގައެވެ. އޭޑީކޭ ހޮސްޕިޓަލުގެ މެޑިކަލް ޓީމުންވަނީ 16 ގަޑިއިރުގެ ދިގު މުހިއްމު 4 ސަރޖަރީ ހަދާފައެވެ. ރައީސް ނަޝީދަށް ދިން ހަމަލާގައި ބޭނުންކޮށްފައިވާ ރޭޒާ ފުއްތައް ރައީސް ނަޝީދުގެ ހަށިކޮޅަށް ވަދެ އެމަނިކުފާނު ވަރަށް ބޮޑަށް ޒަޚަމްވިއެވެ.

މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން މިހާތަނަށް 4 މީހުން ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ މި ހަމަލާއަކީ ސީދާ ރައީސް ނަޝީދަށް އަމާޒުކޮށް އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާއެއް ކަމަށެވެ. އަދި ހަމަލާގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ ހަރުކަށިފިކުރުގެ މީހުންނެވެ.

ހިޔާލު


ގުޅުންހުރި