ރާއްޖެސަރުކާރު

ބޮމުގެ ހަމަލާގެ ތަހުޤީޤު ކުރިއަށް ދަނީ އިންތިޒާމް ކުރެވިގެން

23/05/2021

Admin


ޝެއަރ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާގެ ތަހުޤީޤު ދަނީ ރާވާ އިންތިޒާމު ކުރެވިގެން، ބޭރުގެ މާހިރުންގެ ލަފާގެމަތިން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ސީޕީ ހަމީދު މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މައްސަލަ ތަހުޤީޤު ކުރަމުން ދަނީ މިފަދަ މައްސަލަ އެއްގައި ބަލަންޖެހޭ ހުރިހާ ކަމަކަށް ބަލައިގެން ކަމަށެވެ. އަދި ހާދިސާއާ ބެހޭގޮތުން އެއްވެސް ވަރަކަށް މަޢުލޫމާތު އެނގޭނަމަ އެކަން ހިއްސާކުރުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

ހަމީދު މިހެން ވިދާޅުވި އިރު ފުލުހުންގެ ތަހުޤީޤު ދަނީ ބާރަށް ރަނގަޅަށް ކަމަށް ވިދާޅުވެ، ސަލާމަތީ ޚިދުމަތްތަކާއިބެހޭ ކޮމިޓީގެ މުޤައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވަނީ ފުލުހުންގެ މަސައްކަތަށް ތަޢުރީފު ކުރައްވާފައެވެ. ތަހުޤީޤާ ގުޅޭގޮތުން ފުލުހުން ވަނީ ހުކުރު ދުވަހުގެ ރޭ ސަލާމަތީ ޚިދުމަތްތަކާއިބެހޭ ކޮމިޓީއަށް މަޢުލޫމާތު ދީފައެވެ.

ފުލުހުންގެ ތަހުޤީޤަށް އަސްލަމް ތަޢުރީފު ކުރެއްވިތާ މާގިނައިރު ނުވަނީސް ރައީސް ނަޝީދުގެ ފޭކު އެކައުންޓުން އެމަނިކުފާނު ވަނީ ހަމަލާއަށް ފައިސާ ޚަރަދުކުރި މީހުން ހޯދުމުގައި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ(އެންސީޓީސީ) އިން އެކަށީގެންވާ މަސައްކަތް ނުކުރާކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް 4 މީހުން ވަނީ ހައްޔަރު ކޮށްފައެވެ. އަދި ހަމަލާއަށް ފަންޑު ކުރި މީހުންނާއި އެކަމުގައި ބައިވެރިވާ އިތުރު މީހުން ހޯދުމަށް ރައީސް ނަޝީދަށް ތާޢީދު ކުރާ ފަރާތްތަކުން ދަނީ ބާރުއަޅަމުންނެވެ.

ހިޔާލު


ގުޅުންހުރި