ވިޔަފާރި

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރަކަށް ނިޔާޒު

26/05/2021

Admin


ޝެއަރ

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރަކަށް އަހުމަދު ނިޔާޒު އައްޔަންކޮށްފި އެވެ.

ސީސީއޯގެ މަޤާމަށް އޭނާ އައްޔަން ކުރިއިރުވެސް އޭނާ ގެންދެވީ އެ މަޤާމު ވަގުތީ ގޮތުން އަދާކުރައްވަމުންނެވެ. އަހުމަދު ނިޔާޒު އަކީ އޫރިދޫ މޯލްޑިވްސް ގައި ގިނަ ދުވަހު މަސައްކަތް ކުރައްވާ ފައިވާ ބޭފުޅެކެވެ.

2005 ވަނަ އަހަރު ވަތަނިއްޔާގެ ނަމުގައި އުރީދޫގެ ޚިދުމަތް ދޭން ފެށިއްސުރެ ނިޔާޒު ގެންދަވަނީ އެތަނުގައި މަސައްކަތް ކުރައްވަމުންނެވެ. އެންމެ އާދައިގެ މަޤާމުތަކުން ފެށިގެން ސީނިއަރ މަޤާމުތައް ފުރުއްވާފައިވެއެވެ.

ސީސީއޯގެ މަޤާމަށް މިއަދު އައްޔަން ކުރެއްވުމުގެ ކުރިން އޭނާ ވަނީ ވަގުތީ ސީއީއޯ ކަމަށާއި ޑިރެކްޓަރ އޮފް މާކެޓިންގ އެންޑް ސެލްސްގެ މަޤާމުވެސް ފުރުއްވާފައެވެ.

ހިޔާލު


ގުޅުންހުރި