ރާއްޖެއިދިކޮޅު

"ދެޙާސްތޭވީހުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން"

26/05/2021

Admin


ޝެއަރ

ދެހާސް ތޭވީހުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޢަބްދުالله ޔާމީން ކަމަށް ޕީއެންސީގެ ނައިބު ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ކެންޕެއިން ފެއްޓެވި ކަމަށް ބުނެ ފަތުރާފައިވާ ޚަބަރަކަށް ހަވާލާދީ ޢަބްދުއްރަހީމް ވިދާޅުވީ, ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕް ފުޑާލުމުގެ މަސައްކަތް ދުރާއި ގާތުން ރޭވުންތެރިކަމާއެކު ކުރަމުންދާ ކަމަށެވެ. ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"PPM/PNCގެ ލީޑަރޝިޕް ފުޑާލުމުގެ މަސައްކަތަކީ ދުރާ ގާތުން ވަރަށް ރޭވުންތެރިކަމާއެކު ކުރަމުން ގެންދާ މަސައްކަތެއް.ދަންނަވާލަން އޮތީ ތިޔަ ކުރެވެނީ ބޭކާރު މަސައްކަތެކޭ. ތިޔަ މަގުޞަދު ޙާޞިލެއް ނުވާނެ. އިންޝާالله، ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީން. މިތިބީ ވަރަށް ބަދަހިކޮށް ރައީސް ޔާމީނާ އެކު" އަބްދުއްރަހީމް ވިދާޅުވިއެވެ.

ޑރ. މުއިއްޒު ކެންޕެއިން ފެއްޓެވި ކަމަށް ބުނެ ފަތުރާ ޚަބަރުތައް މުއިއްޒުވެސް ވަނީ ދޮގުކުރައްވާފައެވެ. މުއިއްޒު ވިދާޅުވީ އެއީ ދޮގެއް ކަމަށާއި އެފަދަ ދޮގު ޚަބަރު ފެތުރިޔަސް މާލޭ ރައްޔިތުން އޭނާ އާ ހަވާލު ކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި ދެމި ހުންނަވާނެ ކަމަށެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓުންނާ ބެހޭ ގޮތުން ޕާޓީތަކުން އަދި ގޮތެއް ނިންމާފައިނުވާއިރު, ޕީޕީއެމް/ޕީއެންސީ އިން އަބަދުވެސް ބުނަމުން ދަނީ އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް ޢަބްދުالله ޔާމީން ކަމަށެވެ.

ހިޔާލު


ގުޅުންހުރި