ވިޔަފާރި

ޖޫން 10ގެ ނިޔަލަށް ބެންކް އޮފް މޯލްޑިވްސް ބަންދު

26/05/2021

Admin


ޝެއަރ

މާދަމާ އިން ފެށިގެން އަންނަ ޖޫން މަހުގެ 10 ވަނަ ދުވާހާއި ހަމަޔަށް ބޭންކް އޮފް މޯލްޑިވްސް, ބީއެމްއެލް ބަންދު ކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ ބޭންކު ބަންދު ކުރަން ނިންމީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ, އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުސޫލުތަކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ, އެމްއެމްއޭ އިން ނެރެފައިވާ ޢިއުލާނާ އެއްގޮތަށް ޚިދުމަތް ދިނުމަށް ކަމަށެވެ. މި މުއްދަތުގެ ތެރޭގެ ބީއެމްއެލްގެ ހުރިހާ ބްރާންޗުތަކާއި އޮފީސްތައް ބަންދުވާނެއެވެ. ނަމަވެސް ހަފުތާ ބަންދު ނޫން ކޮންމެ ދުވަހަކު އަސާސީ ބޭންކިންގ ޚިދުމަތް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބޭންކު ބަންދުވިޔަސް އޭޓީއެމްގެ ޚިދުމަތާއި ފައިސާ ޖަމާކުރުމުގެ ޚިދުމަތް ލިބޭނެއެވެ. އަދި ފަރުދުންގެ އެކައުންޓު ތަކަށް 100,000 ރުފިޔާ އަދި ވިޔަފާރި އެކައުންޓު ތަކަށް 500,000 ރުފިޔާ ޖަމާކުރެވޭނެ ކަމަށް ބޭންކުން ބުންޏެވެ.

މީގެ ކުރިން ކޮވިޑާ ގުޅިގެން ބޭންކު އޮފް މޯލްޑިވްސް އިން ވަނީ ބޭންކުން ދޫކޮށްފައިވާ ކާޑުތައް ބޭނުން ކުރުމުގައި ބޮޑެތި ބަދަލުތައް ގެނެސްފައެވެ. އެގޮތުން ކްރެޑިޓް ކާޑު ބޭނުން ކޮށްގެން ރާއްޖޭއިން ބޭރުގެ އެއްވެސް މުޢާމަލާތެއް ނުކުރެވޭއިރު, އޮންލައިން ވޮލެޓުތަކާއި އެފަދަ ސައިޓުތައްވެސް ވަނީ ބްލޮކް ކޮށްފައެވެ.

ހިޔާލު


ގުޅުންހުރި