ސިނަމާ އާއި ލައިފްސްޓައިލްބޮލީވުޑް

ސުޝާންތުގެ މަރާ ގުޅިގެން ސިއްދާތު ހައްޔަރުކޮށްފި

28/05/2021

Admin


ޝެއަރ

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ސުޝަންތު ސިން ރާޖުޕުތްގެ މަރާ ގުޅިގެން އޭނާގެ ރައްޓެއްސެއް ކަމަށްވާ ސިއްދާތު ޕިތާނީ ހައްޔަރުކޮށްފިއެވެ.

އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯގެ އޮފިޝަލުން ސިއްދާތު ހައްޔަރު ކުރީ މިއަދު ހެނދު ހައިދަރުއާބާދުގައި ހުއްޓައެވެ. ސިއްދާތުއަކީ ސުޝަންތުގެ ރޫމް މޭޓެެކެވެ. އަދި މީގެ ކުރިންވެސް ސުޝާންތުގެ މަރާ ގުޅިގެން ސިއްދާތު ހާޒިރުކޮށް ވަނީ ސުވާލުކޮށްފައެވެ.

ސުޝާންތު ސިން މަރުވިތާ އެއް އަހަރުވާން ގާތްވާއިރު އޭނާގެ މަރު އިންޑިއާގެ މުހިއްމު ގިނަ އިދާރާތަކުން ދަނީ ތަހުޤީޤު ކުރަމުންނެވެ. އޭނާ ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުނީ އޭނާ މުމްބާއީގައި ދިރިއުޅޭ އެޕާޓްމަންޓުންނެވެ. ނަމަވެސް އޭނާގެ އައިލާއިން ވަނީ އޭނާ މަރާލި ކަމުގެ ތުހުމަތު އޭނާގެ ލޯބިވެރިއާއަށް ކޮށްފައެވެ.

ސިއްދާތު ޕިތާނީ - ފޮޓޯ: ފިލްފެއަރ


ސުޝާތުގެ މަރުގެ ތަހުޤީޤުގައި ބޮލީވުޑުގެ މުހިއްމު ގިނަ ތަރިންނާ ސުވާލުކޮށް, ބައެއް މީހުން މަސްތުވާ ތަކެތި ބޭނުން ކުރުމާއި ވިއްކުމުގެ ތުހުމަތުގައި ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ. އަދި ބޮލީވުޑްގެ ބައެއް ތަރިން ސުޝާންތައް ޖެއްސުން ކުރުމާއި ބޮލީވުޑުގައި އޮންނަ ތަފާތުކުރުންތަކުގެ ވާހަކަ ވަރަށް ބޮޑަށް ތިލަވެގެން ދިޔައެވެ.

ސުޝާންތު ސިން ރާޖުޕުތަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުހިއްމު ގިނަ ފިލްމުތަކާއި ލަވަތައް ކުޅެ, ގިނަ ބައެއްގެ މަޤުބޫލުކަން ހޯދި ތަރިއެވެ. އޭނާ ދަންޖެހިގެން މަރުވެފައިހުއްޓާ ފެނުނީ މިދިޔަ އަހަރުގެ ޖޫން 14 ވަނަ ދުވަހުގައެވެ.

ހިޔާލު


ގުޅުންހުރި