ރާއްޖެރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ އިންކުއައިރީއާ ގުޅޭގޮތުން އަމީންއާންމު އާ ބައްދަލުކޮށްފި

30/05/2021

Admin


ޝެއަރ

ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދުގެ ސަލާމަތީ ކަންކަން ފޫއަޅުވާލެވުނުގޮތް ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ, 241 ކޮމިޓީން ކުރިއަށް ގެންދާ އިންކުއައިރީއާ ގުޅޭ ގޮތުން މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާއާއި ބިއުރޯ ޗީފް ރުގިއްޔާ އަހުމަދުއާ ކޮމިޓީން މިއަދު ބައްދަލުކޮށް މައުލޫމާތު ސާފުކޮށްފިއެވެ.

މިއަދު ވަކިވަކިން ބޭއްވި ބައްދަލުވުންތައް ކޮމިޓިން ކުރިއަށް ގެންދިއައީ ސިއްރުކޮށް ގެނެވެ. މި ބައްދަލުމާ ގުޅޭ ގޮތުން މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރ ޙަސަން ޒިޔާއު ވިދާޅުވީ ކޮމިޓީން ބައްދަލުކުރަން ބޭނުންވާ ހުރިހާ ބޭފުޅުންނާ ބައްދަލުކުރައްވާނެ ކަމަށާއި އަމީންއާންމަކީ މަޖިލީހުގެ އިދާރީ އެންމެ އިސްވެރިޔާއަށް ވުމުން ކޮމިޓީން އިދާރީ ކަންކަމުގައިވެސް އަންމީއާންމުއާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.

މަޖިލީހުގެ ބިއުރޯ ޗީފް ރުގިއްޔާ އަހުމަދު - ފޮޓޯ: މަޖިލިސް


ކޮމިޓީން މިއަދު ބައްދަލުކުރީ އަމީންއާންމުގެ އިތުރުން ރައީސް ނަޝީދުގެ ސެކްރެޓަރީ އަދި މަޖިލީހުގެ ޗީފް އޮފް ބިއުރޯ ރުޤިއްޔާ އަހުމަދުއާއެވެ. ރުގިއްޔާއަކީ ރައީސް ނަޝީދުގެ ސެކްރެޓަރީއެއްގެ ގޮތުގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

241 ކޮމިޓީން ކުރިއަށް ގެންދާ އިންކުއައިރީގައި ރައީސް ނަޝީދުގެ ސަލާމަތީ ކަންކަން ފޫއަޅުވާލިގޮތާއި, އެކަމަށް މަގުފަހިވި ގޮތާއިބެހޭ ގޮތުން މަޢުލޫމާތު ސާފުކުރާނެއެވެ. އަދި ރަނގަޅު ކުރަންޖެހޭ ކަންކަން ހޯދާ ރަނގަޅު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައްވެސް ދިރާސާ ކުރާނެއެވެ.

މަޖިލީހުން ކުރިއަށް ގެންދާ އިންކުއައިރީއަކީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާގެ ޖިނާޢީ ތަހުޤީޤެއް ނޫނެވެ. ހަމަލާގެ ޖިނާޢީ ތަހުޤީޤުކުރިއަށް ގެންދަނީ ފުލުހުންނެވެ. އަދި މިހާތަނަށް އެ ހަލާއާ ގުޅޭގޮތުން 5 މީހުން ވަނީ ހައްޔަރުކޮށްފައެވެ.

ހިޔާލު


ގުޅުންހުރި